ހައްގުތައް ހޯދަން ވުޒާރާތަކުގައި އިހުތިޖާޖުކުރަން ވަނީ މަޖުބޫރުވެފަ: ޝިޔާމް

ހައްގުތައް ހޯދަން ވުޒާރާތަކުގައި އިހުތިޖާޖުކުރަން ވަނީ މަޖުބޫރުވެފަ: ޝިޔާމް

Author
މުޙައްމަދު ޝަޒައިމް
07 މާރޗް 2021 11:27
0

ކޯވިޑް-19 މަތިކޮށް ސަރުކާރުން ދިވެހި ރައްޔިތުންގެ އެތައް ހައްގެއް ނިގުޅައިގަނެފައިވާ ކަމަށާއި، ހައްގުތައް ހޯދަން މުޒާހަރާތަކުގައި މުޒާހަރާކޮށް އަޑު އުފުލަން ދިވެހި ރައްިތުންނަށް ސަރުކާރުން މަޖުބޫރުކޮށްފައި ވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޑްރައިވިން ސްކޫލުތަކުން ޓްރާސްޕޯޓް މިނިސްޓްރީ ތެރޭގައި މުޒާހަރާ ކޮށް އެމީހުންގެ ހައްގު ހޯދުމަށް ދަނީ މުޒާހަރާ ކުރަމުންނެވެ. ޑްރައިވިން ސްކޫލުތަކުން މުޒާހަރާ ކުރަމުންދަނީ ކޯވިޑް-19 އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން އެ ސްކޫލުތައް ހިންގުމަށް ދަތިވެ، ލައިސަންސް ނެގުން ވަގުތީ ގޮތުން ހުއްޓާލާފައިވާތީއެވެ. އެއްވެ މުޒާހަރާ ކުރަމުންދާ މީހުން ދަނީ މިކަމަކީ އެތައް ބައެއްގެ އާމްދަނީ ހުއްޓޭ ގޮތަށް، އަދި ލައިސަންސް ނަގަން އެދިއެދި ތިބި އެތައްބަޔަކަށް ހުރަސް އެޅޭގޮތުން ނިންމާފައިވާ ނިންމުމެއް ކަމަށް ބުނަމުންނެވެ. މިކަމުގެ ސަބަބުން ސްކޫލުތައް ހިންގާ މީހުންނަށް މާލީ ގޮތުން ބޮޑެތި ދަތިތަކާއި ކުރިމަތިވާއިރު މިކަމަށް މިނިސްޓްރީން ހައްލެއް ހޯދައި ދޭންޖެހޭކަމަށް އެއްވި މީހުން ދަނީ ބުނަމުންނެވެ.

މިކަމާއި ގުޅިގެން މެމްބަރު ޝިޔާމް ވިދާޅުވީ ސަރުކާރުން ކޯވިޑާއި މަތިކޮށް ދިވެހި ރައްޔިތުން ބަޑަށް ޖައްސަމުންދާކަމަށެވެ. ރައްޔިތުންގެ އަސާސީ އެތައް ހައްގަކުން މަހުރޫމްކޮށް، ރައްޔިތުންނަށް ކުރިމަތި ކުރުވަމުންދާ ދަތިތަކަކީ އެރައްޔިތުންގެ އާމްދަނީ ބަންދުވެ މުޅި އާއިލާ ހާލުގައި ޖެހޭފަދަ ކަންތައްތަކެއް ކަަމަށެވެ. މިއަދު ޓްރާސް ޕޯޓުގައި މުޒާހަރާ މީހުންނަކީ އެމީހުންގެ ހައްގުތައް ސަރުކާރުން ނިގުޅައި ގަތުމުން އެހައްގު ގޯދަން ކުރަމުންދާ މުޒާހަރާ އެއްކަމަށާއި، ކޮންމެ ކަމެއްގައި މުޒާހަރާކޮށް އަޑު އުފުލައިގެން ނޫނީ ކަންކަން ހައްލުވާތަން ނުފެންނަ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ރައްޔިތުންގެ ކެތްތެރިކަން ކޮޅުން ލައިފި. ކޯވިޑްގެ ނަމުގައި ރައްޔިތުންގެ އަސާސީ އެތައް ހައްގެއް ނިގުޅައިގަނެފި. ހައްގުތައް ހޯދަން ރައްޔިތުން ވުޒާރާތަކުގައި އިހުތިޖާޖު ކުރަން މިވަނީ މަޖުބޫރުވެފަ. ލައިސަންސް ނެތީމާ ޒުވާނުން ކުށްވެރިވޭ. ޒުވާނުންނަށް ލައިސަންސް ނެގޭނެ ގޮތެއް ނެތް.

– ޝިޔާމް ވިދާޅުވިއެވެ.

ޓްރާސްޕޯޓް މިނިސްޓްރީއަށް އެއްވި މީހުންނާއި އެ މިނިސްޓްރީގެ ކަމާއި ގުޅުންހުރި ފަރާތްތަކުން މިހާރު ވަނީ ބައްދަލުކޮށްފައެވެ. އެއްވި މީހުންގެ މައިގަނޑު ކަންބޮޑުވުންތަކަކީ އެބޭފުޅުންނަށް އާމްދަނީ ލިބެން އޮތް މަގު ބަންދުވެ، ގޭ ކުއްޔާ، ބިލްތައް ނުދެއްކި ހުރި ގޮންޖެހުންތަކެވެ. އަދި ލައިސަންސް ނެގުމަށް ބޭނުންވާ އެތައް ބަޔަކަށް މިއަދު އެހައްގު ނުލިބި ލައިސަންސު ނެތި ދުއްވުމުން ޖޫރިމަނާ ކުރުމުން އެފައިސާވެސް ދައްކަން ޖެހޭކަމުގެ ކަންބޮޑުވުން އެއްވި މީހުން ދަނީ ފާޅު ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.