ޑްރައިވިން ސްކޫލުތަކުން ޓްރާސްޕޯޓް މިނިސްޓްރީ ތެރޭގައި މުޒާހަރާ ކުރަނީ

ޑްރައިވިން ސްކޫލުތަކުން ޓްރާސްޕޯޓް މިނިސްޓްރީ ތެރޭގައި މުޒާހަރާ ކުރަނީ

Author
މުޙައްމަދު ޝަޒައިމް
07 މާރޗް 2021 10:43
0

ޑްރައިވިން ސްކޫލުތަކުން ޓްރާސްޕޯޓް މިނިސްޓްރީ ތެރޭގައި މުޒާހަރާ ކުރަން ފަށައިފިއެވެ.

އިހުތިޖާޖުގައި މާލޭގައި ހަރަކާތްތެރިވާ ހުރިހާ ޑްރައިވިން ސްކޫލެއްގެ ވެރިންދަނީ ބައިވެރިވަމުންނެވެ. އިހުތިޖާޖުގެ ބައިވެރިން ދަނީ މިނިސްޓްރީގެ އިސްބޭފުޅުންނާއި ބައްދަލުކުރުމަށް ގޮވާލަމުންނެވެ. އަދި ދިމާވެފައިވާ މައްސަލަތަކަށް އަވަސް ހައްލެއް ހޯދައި ދިނުމަށް ދަނީ ގޮވާލަމުންނެވެ. މިނިސްޓްރީ ތެރޭގައި އެއްވެފައިވާ މީހުންގެ އަތުގައި އެކި ޝުއޫރުތައް ލިޔެގައިވާ ބެނާތަކާއި ޕޯސްޓަރުތައްވެސް ހުރިކަން ފާހަގަކޮށްލެވެއެވެ.

ޑްރައިވިން ސްކޫލުތަކުން މުޒާހަރާ ކުރަމުންދަނީ ކޯވިޑް-19 އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން އެ ސްކޫލުތައް ހިންގުމަށް ދަތިވެ، ލައިސަންސް ނެގުން ވަގުތީ ގޮތުން ހުއްޓާލާފައިވާތީއެވެ. އެއްވެ މުޒާހަރާ ކުރަމުންދާ މީހުން ދަނީ މިކަމަކީ އެތައް ބައެއްގެ އާމްދަނީ ހުއްޓޭ ގޮތަށް، އަދި ލައިސަންސް ނަގަން އެދިއެދި ތިބި އެތައްބަޔަކަށް ހުރަސް އެޅޭގޮތުން ނިންމާފައިވާ ނިންމުމެއް ކަމަށެވެ. މިކަމުގެ ސަބަބުން ސްކޫލުތައް ހިންގާ މީހުންނަށް މާލީ ގޮތުން ބޮޑެތި ދަތިތަކާއި ކުރިމަތިވާއިރު މިކަމަށް މިނިސްޓްރީން ހައްލެއް ހޯދައި ދޭންޖެހޭކަމަށް އެއްވި މީހުން ދަނީ ބުނަމުންނެވެ.

އެއްވެފައިިވާ މީހުންނާއި، މިނިސްޓްރީގެ އިސްވެރިން ބައްދަލުކޮށް މިމައްސަލައަށް ހައްލެއް ލިބެންދެން މުޒާހަރާ ކުރާނެކަމަށް މިނިސްޓްރީ ތެރޭގައި މިވަގުތު މުޒާަހަރާ ކުރަމުންދާ މީހުން ދަނީ ބުނަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.