މަސްވެރިއެއްގެ ލޮލަށް ބުޅިއެއް ހެރިގެން އެމްއެންޑީއެފް ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށް ދިނުމުގެ މަސައްކަތް ފަށައިފިއެވެ.
އެމްއެންޑީއެފްއިން ބުނީ މިހާދިސާގައި އަނިޔާވެފައިވަނީ ޅ.މުލީ ބޮއި ކައިރީގައި މަސްވެރިކަމުގައި އުޅުނު “ރުށްކުރި” ދޯނީގައި ހުރި ފަޅުވެރިއަކަށް ކަމަށެވެ. މިހާދިސާގެ މައުލޫމާތު ލިބިފައިވަނީ މިއަދު ހެނދުނު 7:30 ގައި ކަމަށް އެމްއެންޑީއެފްއިން ބުނެއެވެ. ލޮލަށް ބުޅިއެއް ހެރިފައިވަނީ 35 އަހަރުގެ ދިވެހި ފިރިހެނެއްކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.
އޭނާގެ ލޮލަށް ބުޅިއެއް ހެރިގެން އަވަސް ފަރުވާއަށް، ޅ.ނައިފަރަށް ގެންދިއުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓް ގާޑް ސެންޓްރަލް އޭރިޔާ ކޯސްޓް ގާޑުން ކުރަމުންދާކަަމަށް އެމްއެންޑީއެފްއިން ވިދާޅުވެއެވެ. އަދި މިއަދު 11:30 ކަންހާއިރު ނައިފަރަށް އެމީހާ ގެންދެވޭނެ ކަމަށް ލަފާކުރެވޭ ކަމުގައިވެސް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ.
ކޮމެންޓު ފޮނުވާ