މިއަދުވެސް މޫސުންގޯސް، ސަމާލުވޭ

މިއަދުވެސް މޫސުންގޯސް، ސަމާލުވޭ

Author
މުޙައްމަދު ޝަޒައިމް
16 އޮކްޓޯބަރ 2020 07:59
0

ރާއްޖޭގެ ބޮޑުބަޔަކަށް މޫސުންގޯސްވެ ވިއްސާރަކުރާނެތީ، މޫސުމަށް ޚާއްސަ ސަމާލުކަމެއްދިނުމަށް މޫސުމާބެހޭ ޤައުމީ އިރާދާއިން އިލްތިމާސްކުރައްވައިފިއެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ މޫސުން ގޯސްވާނެކަމަށް ލަފާކޮށް ށ. އިން ތ. އާއި ހަމަޔަށް ޔެލޯއެލާޓް ނެރެފަ އެވެ. މި އެ އެލަރޓް ނެރެފައިވަނީ މިއަދުގެ ހެނދުނު 7:00 އިން ފެށިގެން 11:00 އާއި ހަމަށެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، ޔެލޯ އެލަރޓް ނެރެފައިވާ ސަރަޙައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާކަމަށެވެ. އަދި ގަޑިއަކު 25 މޭލާއި، 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވެ، ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭކަމަށްވެސް އެ އިދާރާއިން ވިދާޅުވެފައިވެއެވެ.

ރާއްޖޭގެ މޫސުން ކުރިއަށް ލަފާކުރާގޮތަށް ބަލާއިރު މެދުރާއްޖެތެރެއާއި އުތުރުގެ އެކިހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެކަމަށާއި، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.