ކޯވިޑް-19 އާއި ގުޅިގެން ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޯވިޑަށް ޕޮޒިޓިވުމުން މިމަހުގެ ދެވަނަ ދުވަހު މޮނޮޓަރިންއަށް ލާފައިވަ ގއ.ދެއްވަދޫ އާންމު ހާލަތަށް ގެނެސްފިއެެވެ.
މިދިޔަ މަހުގެ ހަތް ވަނަ ދުވަހު ވެސް ދެއްވަދޫ ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސްފަ އެވެ. އެއީ ވެސް އެރަށު ހޯމް ކަރަންޓީނުގައި ހުއްޓައި ޕޮޒިޓިވްވި ކުޑަކުއްޖަކާ ކޮންޓެކްޓުވި ބަޔަކު ޕޮޒިޓިވްވެގެންނެވެ. އެ ކޭސްތަކާ ގުޅިގެން އެފަހަރު ބޮޑު ކުލަސްޓާއެއް އުފެދުނެވެ.
ދެއްވަދޫ އާންމު ހާމަލަތަށް ގެނެސްފައިވަނީ ހޯމް ކަރަންޓީންގައި ހުރި މީހަކު ޕޮޒިޓިވްވުމާއި ގުޅިގެން އޭނާއާއި ކޮންޓެކްޓްވި އެންމެންގެ ސާމްޕަލްނަގައި ނަޖީތާތައް ނެގެޓިވްވުމުންނެވެ. ދެއްވަދޫއަކީ އަތޮޅުތެރޭގެ ރަށްތަކުގެ ތެރެއިން ކޯވިޑްގެ ނުރައްކާ ބޮޑު އެންމެ ގިނަ ދުވަހަށް ކަރަންޓީންގައި އޮތް ރަށްވެސްމެއެވެ.
ދެއްވަދޫ ވަނީ ތިން ފަހަރެއްގެ މަތީން މޮނޮޓަރިންއަށް ލާފައެވެ. ދެއްވަދޫން ކޯވިޑް-19ގެ ފުރަތަމަ ކޭސް ފެނިފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 23 ވަނަ ނުވަހުއެވެ. އަދި އެ ކްލަސްޓާގައި ދެއްވަދޫގެ އިތުރުން އެއަތޮޅު ދާންދުއާއި ވިލިނގިއްޔާއި ލ.ފޮނަދޫގެ އިތުރުން ހުޅުމާލެއިން ޖުމުލަ 85 މީހަކު ކޯވިޑަށް ޕޮޒިޓިވްވެފައިވެއެވެ.
ކޮމެންޓު ފޮނުވާ