ފުވައްމުލަކު ސިޓީގެ ކާފިއު އުވާލައިި، މިމަހުގެ 15 އާއި ހަމަށް މޮނިޓަރިއަށް

ފުވައްމުލަކު ސިޓީގެ ކާފިއު އުވާލައިި، މިމަހުގެ 15 އާއި ހަމަށް މޮނިޓަރިއަށް

Author
މުޙައްމަދު ޝަޒައިމް
06 މާރޗް 2021 12:04
0

ކޯވިޑް-19 ފެތުރެމުންދާތީ ބަލި ފެތުރުން ކޮންޓްރޯލްކުރުމުގެ ގޮތުން ފުވައްމުލަކު ސިޓީގައި އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން ރޭގަނޑު ވަކިވަގުތެއްގައި ބޭރުގައި ނޫޅެވޭ ގޮތަށް އިއުލާންކޮށްފައިވާ ކާފިއު އުފާލައިފިއެވެ.

ކޯވިޑް-19 އިގެ ކޭސްތަކެއް ފުވައްމުލަކުން ފެނި ރަށުގެ ހާލަތު ގޯސްވުމުގެ ކުރިން ފިޔަވަޅުތަކުގެ ތެރެއިން ކާފިއު ގަނޑި އުވާލި ކަމުގައި ވީނަމަވެސް އެ ސިޓީވަނީ މޮނިޓަރިންގގައި މާރޗް މަހުގެ 15 ވަނަ ދުވަހާ ހަމައަށް ބޭއްވުމަށް ނިންމާފައެވެ.

ކޯވިޑް ފެތުރުން ކޮންޓްރޯލްކުރުމަށް ފުވައްމުލަކު ސިޓީގައި އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން މިހާރުވެސް އަމަލު ކުރަމުންދާނެ ފިޔަވަޅުތަކުގެ ތެރޭގައި ގޭގެއަށް ޒިޔާރަތް ކުރުން ހުއްޓާލުން ހިމެނެއެވެ. އަދި އެއްފަހަރާ 3 މީހުންނަށްވުރެ ގިނަ މީހުން މަގުމައްޗާއި އާންމު ތަންތަނަށް ނުކުމެ އުޅުންވެސް ހުއްޓާލުމަށް އަންގާފައިވާއިރު، ސެލޫންތަކާއި، ޖިމްތަކާއި، ބޯކޮށާ ތަންތަންވެސް ބަންދު ކުރުމަށް ވަނީ އަންގާފައެވެ.

ފުވައްމުލަކު ސިޓީގެ މިވަގުތުގެ ކޯވިޑްގެ ހާލަތަށް ބަލާއިރު އެސިޓީގެ އީއޯސީން ހާމަކޮށްފައިވާ ގޮތުގައި މިހާރު އެސިޓީގެ އެކްޓިވް ކޭހުގެ އަދަދު ހުރީ 17ގައެވެ. ޖުމްލަ 51 މީހަކަށް އެސިޓީން ކޯވިޑް ޖެހިފައިވާއިރު 34 މީހަކު ވަނީ މިބަލިން މިހާތަނަށް އައިއިރު ރަނގަޅުވެފައެވެ.

ރާއްޖޭގައި ކޯވިޑް-19ގެ ކޭސްތައް ފެންނަމުން އަންނަ ނިސްބަތް މިއަހަރު ފެށުނުފަހުންވަނީ އިތުރުވެފައެވެ. މިގޮތުން އަތޮޅުތަކުންވެސް މީހުން ޕޮޒިޓިވްވަމުން އަންނައިރު އަޅާފައިވާ ފިޔަވަޅުތަކަށް އަމަލުކުރުމަށް އެޗްޕީއޭއިން އަންނަނީ އިލްތިމާސްކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.