ރީރަޖިސްޓްރީއަށް ހުށަހަޅާ ކޮންމެ ސައްޚަ ފޯމެއް މިދަނީ ބަލައިގަންނަމުން: އިލެކްޝަން

ރީރަޖިސްޓްރީއަށް ހުށަހަޅާ ކޮންމެ ސައްޚަ ފޯމެއް މިދަނީ ބަލައިގަންނަމުން: އިލެކްޝަން

Author
މުޙައްމަދު ޝަޒައިމް
06 މާރޗް 2021 10:55
0

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ވޯޓުލާން ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށް ރަޖިސްޓަރީވުމަށް ހުޅުވާލާފައިވާ ފުރުސަތުގައި ހުށަހަޅާ ޞައްޚަ ކޮންމެ ފޯމެއް ބަލައި ގަންނަމުންދާކަމަށް އިލެކްޝަން ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

ކައުންސިލް އިންތިޚާބަށް ރީރަޖިސްޓްރީ ވުމަށް ހުޅުވާލާފައިވާ މުއްދަތާއިމެދު ކަންބޮޑުވުން ފަޅުކޮށް އިދިކޮޅު ޕީޕީއެމްއަށް ނިސްބަތްވާ މެމްބަރަކު ފާޅު ކުރެއްވި ޚިޔާލާއި ގުޅިގެން އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ މިހާތަނަށް ބޭއްވުނު ހުރިހާ އިންތިޚާބެއްގައިވެސް ރީރަޖިސްޓްރޭޝަނަށް ދެނީ 10 ދުވަހުގެ މުއްދަތެއްކަމަށެވެ. މި އިންތިޚާބުގައިވެސް އިލެކްޝަނުން ދަނީ ރީރަޖިސްޓްރީއަށް ހުޅުވާލި ދުވަހުން ފެށިގެން ކޮމިޝަނަށް ލިބޭ ސައްޚަ ހުރިހާ ފޯމެއް ބަލައިގަނެ ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަ ކުރަމުން ކަމަށް ޝަރީފް ވިދާޅުވިއެވެ.

ކުރެއްނޫން. އެހެން އިންތިޚާބު ތަކުގައިވެސް އާންމުކޮށްދެނީ 10 ދުވަސް. ރީ-ރަޖިސްޓްރޭޝަނަށް ތަންކޮޅެއް ބޮޑަށް ފޯކަސް ކުރައްވާ، އިލެކްޝަނަށް ސަބްމިޓްކުރާ، ކޮން ޕާޓީއަކުންތޯ ބެލުމެއްނެތި، ކޮންމެ ސައްޚަ ފޯމެއް ބަލައިގަންނަން. ޝަރީފް ވިދާޅުވިއެވެ.

ޝަރީފު ޖަވާބުދާރީވެފައިވަނީ ޕީޕީއެމްގެ މެމްބަރަކު އިންސާފުވެރިކަމާއިއެކު ރީރަޖިސްޓްރީއަށް ހުށަހަޅާފޯމް ބަލައި ގަތުމަށާއި، ރަޖިސްޓްރޭޝަނަށް ހުޅުވާލާފައިވާ މުއްދަތުގައި އެކަން ކުރުމަށް ހުރަސްތަކެއް އޮތްކަމަށް ބުނެ ކޮށްފަިއވާ ޓްވީޓަކާއި ގުޅިގެންނެވެ.

އިލެކްޝަން ކޮމިޝަނުން ރީ-ރަޖިސްޓްރޭޝަނަށް ހުޅުވާލާފައިވާ ކުރު މުއްދަތުގެ ތެރޭގައި ކިހިނެތްތޯ އެމަސައްކަތް ނިންމާނީ. އިންސާފުވެރިކަމާއިއެކު ހުރިހާ ސިޔާސީ ޕާޓީއަކަށް ސިޔާސީ މަސައްކަތް ކުރެވޭނެ އިންތިޒާމު ހަމަޖައްސައި ދެއްވަންޖެހޭ. ޕީޕީއެމްގެ މެމްބަރަކު ވިދާޅުވެފައިވެއެވެ.

އަންނަ މަހުގެ 10 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ ރީރަޖިސްޓްރޭޝަނަށް ހުޅުވާލާފައިވަނީ މިމަހުގެ 2 ވަނަ ދުވަހުއެވެ. ރީރަޖިސްޓްރޭޝަންގެ އެންމެ ފަހުގެ ތާރީހަކީ މިމަޖުގެ 11 ވަނަ ދުވަހެއެވެ.

ރީރަޖިސްޓްރީ ވުމަށް ބާކީ 5 ދުވަސް އޮތްއިރު، އިއްޔެގެ ނިޔަލަށް އިލެކްޝަނަށް ހުށަހަޅާފައިވަނީ 474 ފޯމެވެ. ރީރަޖިސްޓްރީވުމަށް އެންމެ ގިނަ އަދަދަކަށް ފޯމް ހުށަހަޅާފައިވަނީ ހއ.އަތޮޅުންނާއި، ށ.އަތޮޅުންނެވެ. ހއ.އަތޮޅުން 54 ފޯމް އަދި ށ.އަތޮޅުން ވަނީ 53 ފޯމެއް ހުށަހަޅާފައެވެ. ރީރަޖިސްޓްރޭޝަނަށް އިއްޔެގެ ނިޔަލަށް ރިސޯޓްތަކުން ހުށަހަޅާފައިވަނީ 48 ފޯމެވެ. މިހާތަނަށް ރީރަޖިސްޓްރީ ވުމަށް އިލެކްޝަނަށް ފޯމް ހުށަހަޅާފައިވަނީ 21 އަތޮޅަކުންނާއި، ރިސޯޓްތަކުންނެވެ.

މިހާރު ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ތަނުގެ މަޢުލޫމާތު އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓްއިން ޗެކްކުރެވޭނެކަމަށާއި އަދި 1414 އަށް އެސް.އެމް.އެސްކޮށްގެންވެސް ޗެކްކުރެވޭނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.