ސައުދީ އަރަބިއާގައި މިލިއަނަކަށްވުރެ ގިނަ މީހުންނަށް ކޯވިޑް ވެކްސިން ދީފި

ސައުދީ އަރަބިއާގައި މިލިއަނަކަށްވުރެ ގިނަ މީހުންނަށް ކޯވިޑް ވެކްސިން ދީފި

Author
ހުސެއިން
05 މާރޗް 2021 07:03
0

ސައުދީ އަރަބިއާގެ އެކި ހިސާބުތަކުގައި ގާއިމް ކުރެވިފައިވާ 405 ވެކްސިނޭޝަން ސެންޓަރުތަކުން 1 މިލިއަނަށްވުރެ ގިނަ ޑޯޒްގެ ވެކްސިން މިހާތަނަށް ދީފައިވާ ކަމަށް އެގައުމުގެ ހެލްތު މިނިސްޓްރީން މައުލޫމާތު ދީފިއެވެ.

ސައުދީ ހެލްތު މިނިސްޓަރު ޑރ. ތައުފީގް އަލް-ރާބިއާ އަންގާރަ ދުވަހު ވިދާޅުވެފައިވާ ގޮތުގައި، އެގައުމުގެ އެކި ހިސާބުތަކުގައި ހުރި ފާމަސީތަކުން ހިލޭ ކޯވިޑް ވެކްސިން ދިނުމަށް ވަރަށް އަވަހަށް ފަށާނެ ކަމުގައެވެ.

ސައުދީ ޕްރެސް އޭޖެންސީ (SPA)އިން ފާއިތުވެދިޔަ ހަފްތާގައި ހާމަކޮށްފައިވާ ގޮތުގައި، ސައުދީ އަރަބިއާގެ އެކި ހިސާބުތަކުގައިވާ ޔުނިވާސިޓީތަކުންވެސް، ސަރުކާރުން މިހާރު ކުރިޔަށް ގެންދާ ވެކްސިން ދިނުމުގެ ޕްރޮގްރާމަށް އެހީތެރިވެދިނުމުގެ ގޮތުން، ވެކްސިން ސެންޓަރުތައް ގާއިމްކުރުމަށް މިހާރުވަނީ ހަމަޖެހިފައެވެ.

މިހާތަން އައިއިރު، ސައުދީ އަރަބިއާގައި 378,002 މީހުން ކޯވިޑް19 އަށް ޕޮޒިޓިވްވެ، 6,505 މީހުންވަނީ މި ބަލީގައި މަރުވެފައެވެ.

މިހްފްތާގެ ބުދަ ދުވަހު އެކަނިވެސް، ސައުދީ އަރަބިއާގައި ވަނީ 331 މީހުން ކޯވިޑް19އަށް ޕޮޒިޓިވް ވެފައެވެ. އަދި 351 މީހުންވަނީ މިބަލިން ރަގަޅު ވެފައެވެ. މި އަދަދުތަކާއެކު، ބަލި ޖެހިފައިވާ މީހުންގެ އަދަދު 378,333އަށް އަރާފައިވާއިރު،  369,277 މީހަކު ބަލިން ރަގަޅު ވެފައިވާކަމަށްވެސް ސައުދީ ހެލްތު މިނިސްޓްރީންވަނީ މައުލޫމާތު ދީފައެވެ.

މިބަލީގައި އެދުމަތިކޮށްފައިވާ މީހުންގެ އަދަދު 2,546އަށް އަރާއިރު، ސީރިއަސް ހާލަތުގައިވާ 501 މީހަކު އެދުމަތި ކުރެވިފައިވާ ކަމަށްވެސް ސައުދީ ހެލްތު މިނިސްޓްރީން މައުލޫމާތު ދީފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.