ނުފޫޒުގެ އިއުތިރާފުން ޝަރުއީ ދާއިރާއަށް އޮތް ނުފޫޒުގެ ފުންމިން ހާމަވޭ: ސައީދު

ނުފޫޒުގެ އިއުތިރާފުން ޝަރުއީ ދާއިރާއަށް އޮތް ނުފޫޒުގެ ފުންމިން ހާމަވޭ: ސައީދު

Author
މުޙައްމަދު ޝަޒައިމް
15 އޮކްޓޯބަރ 2020 01:14
0

ރައީސް ނަޝީދު ޖޭއެސްސީއާއި ގުޅޭގޮތުން ދައްކަވާފައިވާ ވާހަކަތަކުން އެމަނިކުފާނާއި މުޅި ސަރުކާރުގެ ނުފޫޒު ޝަރުއީ ދާއިރާއަށް އޮތް މިންވަރު ހާމަވެގެން ގޮސްފައިވާކަމަށް އިދިކޮޅު ޕީއެންސީގެ ނައިބް ރައީސް މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މަޖިލިސް ރައީސް ވިދާޅުވީ އެމަނިކުފާނަށް ފެނިވަޑައިގަންނަވާ ގޮތުގައި މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ޖޭއެސްސީގައި އިންނެވުމަކީ ރައީސް ޔާމީން އެންމެ ބޮޑަށް އެދިވަޑައިގަންނަވާނެ ގޮތްކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ، އިންސާފުވެރިކަމާއެކު ރާއްޖޭގައި ޝަރީޢަތްތައް ނުކުރެވޭނަމަ ކުރީގެ ރައީސުންނަށް ލިބޭނެ އަނިޔާއާއި ގެއްލުން ބޮޑުވާނެކަމަށާއި، އެމަނިކުފާނަކީ އެކަން އެންމެ ގާތުން ތަޖުރިބާކުރެއްވި ބޭފުޅާކަމަށެވެ.

އަޅުގަނޑަށް ފެންނަ ފެނުމުގައި ރައީސް ޔާމިން އެންމެ ބޮޑަށް އެދިވަޑައިގަންނަވާނެ އެއްކަމަކީ އަޅުގަނޑު މިވަގުތު ޖޭއެސްސީގައި އިނުން. އަޅުގަނޑު ވަރަށް ތެދަށް މިދަންނަވަނީ ދިވެހިރާއްޖޭގައި އިންސާފުވެރިކާއެކީގައި ޝަރީޢަތްތައް ހިންގޭ ގޮތް މެދުވެރި ނުވެއްޖެނަމަ ކުރީގެ ރައީސުންނާ ލިބޭނެ އަނިޔާއާއި ގެއްލުން އިންތިހާވާނެ. އަލުގަނޑުމީ އިންސާފު ނެތަތީ އެކަން ވަރަށް ގާތުން ސީދާ ތަޖުރިބާކޮށްފަހުރި މީހެއް. އެންމެފަހަރކު ދެފަހަރަކު ނޫން.

– ރައީސް ނަޝީދު

ނަޝީދުގެ މި އިއުިުރާފަކީ ޝަރުއީ ދާއިރާއަށް ނުފޫޒު އޮތް މިންވަރާއި އޭގެ ފުންމިން އެގޭ ކަމެއްކަމަށް ސައީދު ވިދާޅުވިއެވެ. މިސަރުކާރާއި، ދައުލަތުގެ ހުރިހާ ބާރެއްގެ ތެރެއަށްވެސް ނުފޫޒާއި ބާރު އިންތިހާއަށް ވައްދައިގެން މިއަދު ކުރަމުންދަނީ އެއް މަސައްކަތެއްކަމުގަ އެވެ. އަދި މިއަދު ރައީސް ޔަމީނަށް ދެމުންދަނީ ނުހައްގު އަނިޔާތަކެއްކަމަށްވެސް ސައީދު ވިދާޅުވި އެވެ.

ނުފޫޒު ފޯރުވުމާކަމުގެ އިއުތިރާފެއް ވުމުން ދޭހަވަނީ ނުފޫޒުގެ ފުންމިން. މުޅި ވެރިކަން އައީ ނުފޫޒު ފޯރުވަން. ރައީސް ޔާމީން އަށް ދެމުންދަ އަނިޔާ ހުޓާލުމަށް ގޮވާލަން. އަދި ޖޭއެސްސީގެ ވަކިތަކުން ޖުޑިޝަރީ މިނިވަން ކުރަން ޖެހޭ.

– މުހައްމަދު ސައީދު

މަޖިލީހުގެ ރައީސް ވަނީ ރާއްޖޭގެ ޝަރުއީ ދާއިރާއަށް ހެޔޮ ބަދަލުތަކެއް މިހާރު އައިސްފައިވާކަމަށް މީގެ ކުރިންވެސް ވިދާޅުވެފައެވެ. ޤާނޫނު އަސާސީ ބުނާގޮތުން ޖުޑީޝަލް ސާރވިސް ކޮމިޝަން އެކުލެވިގެންވާންވާނީ މަޖިލީހުގެ ރައީސްއާއި މަޖިލީހުގެ މެންބަރުންގެ ތެރެއިން އެމަޖިލީހުން ކަނޑައަޅާ މެންބަރުންގެ މައްޗަށް އެކުލެވޭ 10 މެންބަރުންގެ ކޮމިޝަނެއްކަމަށެވެ.

ޖޭއެސްސީ މިހާރު އެކުލެވިފައިވާ ގޮތުން އެއީ ސީދާ ރައީސް ނަޝީދުގެ ބާރުގެ ދަށުގައި އޮތް ސިޔާސީ ކޮމިޝަނެެއްކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ. އަދި ރައީސް ނަޝީދު ޖޭއެސްސީގައި އިންނެވިހާ ދުވަހަކު ރައީސް ޔާމީނަށް އިންސާފު ނުލިބޭނެކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.