ދައްކާހާ ބިރަކަށް ނުސިހި ސަރުކާރު ޖަވާބުދާރީކުރުވާނަން: ޣައްސާން

ދައްކާހާ ބިރަކަށް ނުސިހި ސަރުކާރު ޖަވާބުދާރީކުރުވާނަން: ޣައްސާން

Author
މުޙައްމަދު ޖިމީ
27 ފެބްރުއަރީ 2021 08:30
0

ސަރުކާރުން ދައްކާހާ ބިރަކަށް ނުސިހި ސަރުކާރު ޖަވާބުދާރީ ކުރުވަމުން ގެންދާނެކަމަށް ޕީޕީއެމްގެ ނާއިބު ރައީސް އަދި ގުރައިދޫ ދާއިރާގެ މެންބަރު މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

ޣައްސާން މިހެން ވިދާޅުވެފައިވަނީ، "ކޮބާ މަގޭ ފްލެޓް"ނަމުގައި އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ކުރިއަށް ގެންދިޔަ މުޒާހަރާގައި އިދިކޮޅު ލީޑާޝިޕްގެ ގިނަ ބަޔަކާއި، އެ ކޯލިޝަނަށް ތާޢީދުކުރާ ބައެއް މީހުން ހައްޔަރުކޮށް މުޒާހަރާއަށް ސަރުކާރުން ހުރަސް އެޅުމާއި ގުޅިގެންނެވެ.

އިދިކޮޅުން ކުރިއަށް ގެންދާ ސިލްސިލާ މުޒާހަރާގެ ތެރެއިން އިއްޔެ ބާއްވަން އުޅުނު މުޒާހަރާ ފެށުމުގެ ކުރިންވެސް ފުލުހުން ވަނީ ޕީޕީއެމްގެ ދޮރު ކައިރީގައި ގިނަ ޢަދަދެއްގެ ފުލުހުންނާއެކު އެ އޮފީސް ބަންދުކޮށްފައެވެ. އަދި މުޒާހަރާ ފެށުމުގެ ކުރިން މުޒާހަރާގެ ބައިވެރިންނަށް ހުރަސްއަޅާ އިދިކޮޅު ލީޑާޝިޕްގެ ގިނަ ބަޔަކު ހައްޔަރުކުރިއެވެ. އޭޣެ ތެރޭގައި ޣައްސާން މައުމޫންވެސް ހިމެނިވަޑައިގަންނަވައެވެ.

ޣައްސާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައްޔިތުންގެ ފަރާތުން ސަރުކާރަށް ފާރަވެރިވެ، ޖަވާބުދާރީކުރުވުމުގެ މަސްޢޫލިއްޔަތު ދައްކާހާ ބިރަކަށް ނުސިހި، ޕީޕީއެމް އިން ސާބިތުކަމާއެކު އަދާކުރަމުން ގެންދާނެކަމަށެވެ.

އިދިކޮޅުން ކުރިއަށް ގެންދިޔަ މުޒާހަރާގައި ގިނަ ޢަދަދެއްގެ މީހުން ބައިވެރިވިއެވެ. މި މުޒާހަރާއާއި ގުޅިގެން ޤާނޫނީ ފިޔަވަޅު އަޅަނެކަން ދުރާލާ ފުލުހުންނާއި ހޯމް މިނިސްޓްރީން ދީފައިވެއެވެ. ނަމަވެސް އެ އިންޒާރު ދީފައިވަނިކޮށް ވެސް މުޒާހަރާ ކުރިއަށް ގެންގޮސްފައިވާއިރު، ކުރިއަށް އޮތްތަނުގައިވެސް މުޒާހަރާކުރާނެކަމަށް އިދިކޮޅު ކޯލިޝަނުން ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އެކުވެރިއެއް
ސާބަހޭޣަށްސާން މައުމޫން ތިޔައީ ފިސާރި ކެރޭ ހތްވަރު ބޭފުޅެއް ކަމުގައި ވަރަށްބޮޑަށް އުމްމީދުކުރަން އެގަންޖާ 19ގެ ލާދީނީ ފަތިސް ބައިގަނޑު ސަރުކާރުން ކިތަންމެބިރެއް ދެއްކިޔަސް ފަހަތަށް ޖެހިވަޑައި ނުގަތުމަށް ފަށްފށުން މަނިކުފާނުއަށް ދަންނަވަން ސާބަސް މަނިކުފާނު ކުރިއަށް ވަޑއިގަންނަވާ