އިދިކޮޅު ޕާޓިގެ އޮފީސް ބަންދުކޮށް، އިދިކޮޅު ލީޑަރުން ހައްޔަރުކުރުމަކުން ސަރުކާރުގެ ހުރި މައްސަލަތައް ހައްލު ނުވާނެކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ އެޑްވައިޒަރ ޑރ.މުޙައްމަދު ވަޙިދު ޙަސަން މަނިކު ވިދާޅުވެއްޖެއެވެ.
ޑރ.ވަޙީދު މިހެން ވިދާޅުވެފައިމިވަނީ، އިދިކޮޅު ޕީޕީއެމް ޕީއެންސީން "ކޮބާ މަގޭ ފްލެޓް" ނަމުގައި މުޒާހަރާ ކުރިއަށް ގެންދިއުމަށް ތައްޔާރުވަމުން ދަނިކޮށް ގިނަ ޢަދަދެއްގެ ފުލުހުން ޕީޕީއެމްގެ އޮފީސް ކުރިމަތީ އޮފީހަށް މީހުން ވަދެ ނިކުމެ ނޫޅެވޭގޮތަށް ބަންދުކޮށްގެން ތިބުމާއި ގުޅިގެންނެވެ. އަދި މުޒާހަރާގެ ތެރެއިން ވަނީ ގިނަ ޢަދަދެއްގެ އިދިކޮޅުގެ އިސް ސަފުގައި ހަރަކާތްތެރިވާ މީހުންނާއި، ޢާންމުން ހައްޔަރުކޮށްފައެވެ. އަދި ފުލުހުންގެ ޢަމަލުތަކުން ބައެއް މީހުންނަށް ބޮޑެތި އަނިޔާތަކެއްވެސް ވެފައިވެއެވެ.
އެކަމާއި ގުޅިގެން ޕީޕީއެމްގެ އެޑްވައިޒަރ އަދި ކުރީގެ ރައީސް ޑރ.މުޙައްމަދު ވަޙިދު ޙަސަން މަނިކު ވަނީ އިދިކޮޅު ޕާޓިގެ އޮފީސް ބަންދުކޮށް، އިދިކޮޅު ލީޑަރުން ހައްޔަރުކުރުމަކުން ސަރުކާރުގެ ހުރި މައްސަލަތައް ހައްލު ނުވާނެކަމަށް ވިދާޅުވެ ފުލުހުން ހައްޔަރުކުރި މީހުން ދޫކޮށްލުމަށް ގޮވާލައްވާފައެވެ.
Closing down the main opposition office and arresting opposition political leaders will not solve government’s problems. Free all political detainees. Free President Yameen. @amnesty @UNHumanRights @PPMaldives pic.twitter.com/0Zenb3Dw4I
— Mohamed Waheed (@DrWaheedH) February 26, 2021
އިދިކޮޅުން ސިލްސިލާ މުޒާހަރާތައް ކުރިއަށްގެންދަނީ ކުރީ ސަރުކާރުގެ ހިޔާ މަޝްރޫޢުން އެއް ކޮޓަރީގެ ފްލެޓަށް ކުރިމަތިލި އެންމެނަށް ފްލެޓް ލިބޭނެކަމުގެ ޔަޤީންކަންދީ، އެ ފްލެޓްތަކަކީ ސަރުކާރު ކުންފުނިތަކުން ބިނާކުރާ ޢިމާރަތްތަކުގައި ހުރި ފްލެޓްތައްކަމަށް ނިންމާފައިވަނިކޮށް، މި ސަރުކާރުން އެކެޓަގަރީތަކުން ފްލެޓް ނުދިނުމަށް ނިންމުމުންނެވެ. އަދި އެ ކެޓަގަރީތަކުން ފްލެޓަށް އެދި ފޯމް ހުށައެޅި އެންމެންގެ ފޯމްވެސް މިސަރުކާރުން ވަނީ ބާޠިލްކޮށްފައެވެ.
ފޯމްތައް ބާޠިލްކުރީ ފޯމް ހުށައަޅަފައިވާ މީހުންގެ ދިރިއުޅުމުގެ ޙާލަތު ބެލުމަށް އެ ގޭގެއަށް ޒިޔާރަތްކޮށް ހޯދަންޖެހޭ ހުރިހާ މަޢުލޫމާތުތަކެއް އެއްކުރުމަށްފަހުއެވެ. މިކަމާއި ގުޅިގެން ސަރުކާރަށް ވަނީ ވަރަށް ބޮޑެތި ފާޑުކިއުންތަކެއް އަމާޒުވެފައެވެ. އަދި އެކަމާއި ގުޅިގެން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށް ސަރުކާރަށް އަންނަނީ ފާޑުކިޔަމުންނެވެ.
ކޮމެންޓު ފޮނުވާ