ނައިފަރު ދާއިރާގެ މެންބަރު ޝިޔާމަށް ބޮޑެތި އަނިޔާތަކެއްކޮށްފި

ނައިފަރު ދާއިރާގެ މެންބަރު ޝިޔާމަށް ބޮޑެތި އަނިޔާތަކެއްކޮށްފި

Author
މުޙައްމަދު ޖިމީ
26 ފެބްރުއަރީ 2021 04:58
0

އިދިކޮޅު ޕީޕީއެމްގެ ނާއިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމަށް ފުލުހުން އަނިޔާކޮށްފިއެވެ.

އިދިކޮޅުން ކުރިއަށްގެންދާ އިހުތިޖާޖު ކުރިއަށް ގެންދިއުމަށް ފުލުހުން ހުރަސް އަޅަމުންދާއިރު، ޕީޕީއެމް އޮފީސް ކައިރިއަށް އެއްވާ މީހުން ފުލުހުން ދަނީ ދުރައްޖައްސާ ހައްޔަރުކުރަމުންނެވެ. ގިނަ ޢަދަދެއްގެ ފުލުހުން ނިކުމެ އެ އިހުތިޖާޖަށް ހުރަސް އަޅަމުންދާއިރު، ޝިޔާމަށް އަނިޔާވެފައިވަނީ ފުލުހުން އޭނާ ހައްޔަރުކުރަން އުޅުމުގެ ތެރޭގައެވެ. މަޢުލޫމާތު ލިބިފައިވާގޮތުގައި ޝިޔާމަށް ބޮޑެތި އަނިޔާތަކެއް ވަނީ ލިބިފައެވެ. އެގޮތުން ޝިޔާމް މަގުމަތީގައި ވެއްޓިފައި އޮތްއިރު، ފުލުހުން ތިބީ ޝިޔާމް ވަށާލާފައެވެ.

ފުލުހުން ވަނީ މިއަދު މުޒާހަރާގެ ބައިވެރިންމަށްވުރެ ކުރިން ބޮޑު ތަކުރުފާނު މަގު ޕީޕީއެމް ކައިރިއަށް އެއްވެ، އެސަރަހައްދަށް އެއްވާ ބައެއް މީހުން ހައްޔަރުކުރަން ފަށާފައެވެ. މިހާތަނަށް ހައްޔަރު ކުރި މީހުންގެ ތެރޭގައި ކުރީގެ ޑިއާރުޕީގެ ލީޑަރު ކާނަލް ނަޝީދާއި، ކުރީގެ ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލްއާއި، ޕީއެންސީގެ ކައުންސިލް މެމްބަރު ނަރީޝް ހިމެނެއެވެ. އަދި އެނޫންވެސް ޕީޕީއެމް ޕީއެންސީގެ ބައެއް ސަޕޯޓަރުންވެސް ހިމެނެއެވެ.

މުޒާހަރާގައި ބައިވެރިވުމަށް ޕީޕީއެމް އޮފީސް ކައިރިއަށް މީހުންނަށް އެއްވިޔަ ނުދީ އެސަރަހައްދުން ފޮނުވާލުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ. މިއަދުގެ މުޒާހަރާއާއި ގުޅިގެން ހޯމް މިނިސްޓްރީން ބުނެފައިވަނީ ކޯވިޑް-19 އާއި ގުޅިގެން އަޅާފައިވާ ރައްކާރިކަމުގެ ފިޔަވަޅުތަކާއި ޚިލާފަށް އެއްވެސް ބަޔަކަށް، އެއްވެސް ހަރަކާތެއް ހިންގުމަށް ސަރުކާރުން ޖާގަ ނުދޭނެކަމުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

A Ali
Aniyaavee geygaa ovvatha