ރައީސް ޔާމީން ޖަލުގައި އޮންނެވިޔަސް އިދިކޮޅު ލީޑަރަކަށް އެހެން މީހަކު ނުދެއްކޭނެ: އާދަމް ޝަރީފް

ރައީސް ޔާމީން ޖަލުގައި އޮންނެވިޔަސް އިދިކޮޅު ލީޑަރަކަށް އެހެން މީހަކު ނުދެއްކޭނެ: އާދަމް ޝަރީފް

Author
މުޙައްމަދު ޖިމީ
26 ފެބްރުއަރީ 2021 04:48
0

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ލެގަސީ ނައްތާލުމަށް ކުރާ ކޮންމެ ކަމަކުން އެމަނިކުފާނަށް ކުރާ ތާއީދުވަނީ އިތުރުކަމަށާއި، ރައީސް ޔާމީން ޖަލުގައި އޮންނެވިޔަސް އިދިކޮޅު ލީޑަރަކަށް އެހެން މީހަކު ނުދެއްކޭނެކަމަށް ޕީއެންސީގެ ނާއިބު ރައީސް އަދި މަޑުވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފް ޢުމަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އިޙްތިރާމާއި ގަދަރަކީ ޤާނޫނަކުން ހޯދޭނެ އަދި ނިގުޅައިގަނެވޭނެ އެއްޗެއް ނޫންކަމަށެވެ. ސިޠާސީ ޕާޓިތަކުގ ޤާނޫނަށް ބަދަލު ގެނެސް ރައީސް ޔާމީންގެ ލެގަސީ ނައްތާލުމަށް ކުރާ ކޮންމެ ކަމަކުން ރައީސް ޔާމީންނަށް ކުރާ ތާޢިދު ވާނީ އިތުރުކަމަށްވެސް އާދަމް ޝަރީފް ވިދާޅުވިއެވެ. އަދި ރައީސް ޔާމީން ޖަލުގައި އޮންނެވިޔަސް އިދިކޮޅު ލީޑަރަކަށް އެހެން މީހަކު ނުދެއްކާނެކަމަށްވެސް އާދަމް ޝަރީފް ވިދާޅުވެފައިވެއެވެ.

އާދަމް ޝަރީފް މިހެން ވިދާޅުިވެފައިވާއިރު ސިޔާސީ ޕާޓިތަކުގެ ޤާނޫނަށް ގިނަ ބޮޑެތި އިޞްލާހުތަކެއް ގެނައުމަށް އަންނަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން ސިޠާސީ ޕާޓިތަކުގެ ހަރަކާތްތަކާއި ސަސްޕެންޑްކުރުންފަދަ ކަންކަމަށް އިޞްލާހު ގެނައުމަށް މަސައްކަތް ދަނީ ކުރަމުންނެވެ.

ރައީސް ޔާމީން މިނިވަން ކުރުމަށާއި، ރައީސް ޔާމީންގެ ސަރުކާރުން އަޅާފައިވާ ފްލެޓްތަކުގެ ބައެއް ކެޓަގަރީތައް އުވާލުމާއި ގުޅިގެން އިދިކޮޅުން އަންނަނީ ސަިލްސިލާ އިހުތިޖާޖުތަކެއްވެސް ކުރަމުންނެވެ. ނަމަވެސް ފުލުހުން ގެންދަނީ އިދިކޮޅުގެ ހަރަކާތްތަކަށް ހުަރސް އަޅާމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.