ޔޫރަޕަ ލީގުގައި ފަހުވަގުތު އާސެނަލްގެ އެންރިކް އައުބަމަޔަން ޖެހި ލަނޑުން އާސެނަލް ކުރި ހޯދާ މުބާރާތުގެ ގަދަ 16 އިން ޖާގަ ހޯދައިފިއެވެ.
ގްރީސްގަ ކުޅުނު މެޗު އާސެނަލްއިން ކާމިޔާބުކުރީ ޕޯޗުގަލްގެ ބެންފީކާއާ ވާދަކޮށް 3-2 ލަނޑުންނެވެ. އާސެނަލްގެ އައުބަމަޔަން ލަނޑެއްޖަހާ ކުރި ހޯދާފަވަނިކޮށް ފުރަތަމަ ހާފް ނިމުމުގެކުރިން ބެންފީކާއިން ވަނީ ނަތީޖާ ހަމަހަމަކޮއްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮއްދިނީ ހާފްނިމުމުގެ ދެމިނިޓަށް ވެފައިވަނިކޮށް ޑިއޭގޯ ގޮންކަލްވޭސްއެވެ. މެޗުގެ ދެވަނަ ހާފް ރަފާ ސިލްވާ ބެންފީކާއަށް ލީޑް ނަގައިދީ އުންމީދުއާކޮށްދިން އިރު އާސެނަލްއިން ހަމަހަމަކުރީ ކެއިރެން ޓައިނޭގެ ލަނޑުންނެވެ.
މެޗުގެ 87 ވަނަ މިނިޓުގައި އާސެނަލް މޮޅުވި ލަނޑު އެޓީމަށް ކާމިޔާބުކޮއްދިނީ އައުބަމަޔަންއެވެ. މުބާރާތުގެ ގަދަ ސޯޅައިން އާސެނަލް ޖާގަކަށަވަރު ކުރީ 4-3 ލަނޑުގެ އެގްރިގޭޓަކުންނެވެ. އެންމެފަހުން މުބާރާތުގައި ކުޅުނު ހަތަރު ސީޒަނުގެ ތެރެއިން ތިން ސީޒަނުގައި އާސެނަލް ވަނީ މުބާރާތުގެ ގަދަ 16އިން ޖާގަހޯދާފައެވެ.
ކޮމެންޓު ފޮނުވާ