ބ. ފެހެންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 50 ޕަސެންޓް ނިމިއްޖެ.
އެމްޓީސީސީން ވިދާޅުވީ މި ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން އެރަށުގައި 214 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމަށްވަނީ ހަމަޖެހިފައިވާކަމަށެވެ. އަދި 130 ކިލޯމީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށިލުމަށް ވަނީ ހަމަޖެހިފައިވާކަމަށެވެ.
ބ.ފެހެންދޫ ބަނދަރުހެދުމުގެ މަޝްރޫޢުގެ ދަށުން 25000 (ފަންސަވީސް ހާސް) ކިޔުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމާ 18500 (އަށާރަހާސް ފަސްސަތޭކަ) ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ފަޅުފުން ކުރުންވެސް ހިމެނެއެވެ. ފެހެންދޫ ބަނދަރު ހެދުމުގެ މަސައްކަތް ކުރަމުންދާ މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ، އެމްޓީސީސީން ބުނީ މި މަސައްކަތުގެ އިތުރަށް 282 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓްޖެހުމާ، ބަނދަރު ހިމެނޭ ސަރަހައްދުގެ މަގުބައްތި ޖެހުމާ، ނެރުބައްތި ޖެހުމާއި، 558 (ފަސްސަތޭކަ ފަންސާސް އަށް) މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓްޖެހުމަށް ހަމަޖެހިފައިވާކަމަށެވެ.
ބ. ފެހެންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 50 ޕަސެންޓް ނިމިއްޖެ. މި މަޝްރޫޢުގެ ދަށުން، އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގައު އެތުރުމުގެ މަސައްކަތުގެ 31 ޕަސެންޓް ވަނީ ނިމިފައި. މި މަޝްރޫޢު މޮބިލައިޒް ކުރެވިފައިވަނީ 10 ނޮވެމްބަރ 2019 ގައި. pic.twitter.com/abOnFe14xQ
— MTCC Plc (@MTCCPlc) October 15, 2020
ޖުމްލަ 49.66 (ސާޅީސް ނުވައެއް ޕޮއިންޓް ހައެއް ހައެއް) މިލިއަންރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ މަސައްކަތް އެމްޓީސީން ފަށާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރުމަހުގެ ތެރޭގައެވެ.
ކޮމެންޓު ފޮނުވާ