އާ ގައިޑްލައިނާއިއެކު ލީގު ވަރަށް އަވަހަށް ފެށިގެންދާނެ: ބައްސާމް

އާ ގައިޑްލައިނާއިއެކު ލީގު ވަރަށް އަވަހަށް ފެށިގެންދާނެ: ބައްސާމް

Author
މުޙައްމަދު ޝަޒައިމް
23 ފެބްރުއަރީ 2021 11:43
0

ދިވެހި ޕްރިމިއަރ ލީގުގެ ޓީމްތަކުގެ ފަރިތަކުރުންތައް އާ ގައިޑްލައިނާއެކު ވަރަށް އަވަހަށް ފެށުމުގެ ހުއްދަ ލިބޭނެ ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެއެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި ހެލްތު މިނިސްޓަރު އަހުމަދު ނަސީމް އަދި އެޗްޕީއޭގެ އިސް މެމްބަރުންނާ އެކު މިއަދު ބޭއްވުނު މަޝްވަރާތަކުގައި ފުޓްބޯޅަ އަލުން ފަށަން ކުރާ މަސައްކަތައް ވަރަށް އުއްމީދީ ޖަވާބުތަކެއް ލިބިފައިވާ ކަމަށެވެ.

މާލޭގައި ކޯވިޑް ކޭސްތައް އިތުރުވުމާއި ގުޅިގެން މިމަހުގެ 02ވަނަ ދުވަހު އެޗްޕީއޭއިންވަނީ އެކަނި ކުރެވޭ ކަސްތަރު ނޫން އެހެން ހުރިހާ ކުޅިވަރެއް ކުޅުން މާނާކޮށްފައެވެ. އަދި ޓީމުތަކުން ފަރިތަކުރުންތައްވެސް ކުރިއަށް ގެންދިއުންވަނީ މަނާކޮށްފައެވެ.

ލީގު ހުއްޓާލާފައިވާ މުއްދަތުގައި ކްލަބްތަކާއި ކުޅުންތެރިންނަށް ލިބޭ ގެއްލުންތައް އިންތިހާ އަށް ބޮޑުވަމުންދާތީ ފުރަތަމަ ޑިވިޝަނުގެ ކްލަބްތަކުގެ އިސް ފަރާތްތަކުން ވަނީ ރައީސްއާ ބައްދަލުކޮށްފަ އެވެ. އެ ބައްދަލުވުމުގައި ރައީސް ވަނީ ކްލަބްތަކުގެ ކަންބޮޑުވުންތަކަށް ހައްލެއް ހޯދައިދޭން ކަމާބެހޭ ފަރާތްތަކާ މަޝްވަރާކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

ލީގު ހުއްޓާލާފައިވާއިރު، ލީގުގެ ފުރަތަމަ ބުރުގެ ކުޅުން ނިމި، ދެވަނަ ބުރުގެ 6 މެޗެއްވަނީ ކުޅެފައެވެ. ލީގު އަލުން ފެށުމުގެ ގޮތުން ފުރަތަމަ ޑިވިޝަންގެ ކުލަބްތަކުގެ ކުޅުންތެރިންނާއި އޮފިޝަލުންވަނީ ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒު ފުރިހަމަ ކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.