ރޮނާލްޑޯގެ ދެ ގޯލާއެކު މޮޅުވެ، ޔުވެންޓަސް ތިން ވަނައަށް

ރޮނާލްޑޯގެ ދެ ގޯލާއެކު މޮޅުވެ، ޔުވެންޓަސް ތިން ވަނައަށް

Author
މުޙައްމަދު ޝަޒައިމް
23 ފެބްރުއަރީ 2021 11:37
0

އިޓާލިއަން ލީގުގައި ރޭ ކްރިސްޓިއާނޯ ރޮނާލްޑޯގެ ދެ ގޯލާ އެކު 3-0 އިން ކްރޮޓޯނޭ ބަލިކޮށް ޔުވެންޓަސް ތިންވަނައަށް ޖެހިލައިފިއެވެ.

ރޭގެ މެޗުގައި ރޮނާލްޑޯގެ ދެގޯލާއެކު އޭނާ ވަނީ އިޓާލިއަން ލީގުގެ ހުރިހާ ޓީމަކާއި ދެކޮލަށް ގޯލު ޖެހުމުގެ ޝަރަފްވެސް ހޯދާފައެވެ. ރޭގެ މެޗުގައު ރޮނާލޯޑްގެ ދެ ގޯލުވެސް ފެނިގެން ގޮސްފައިވަނީ ފުރަތަމަ ހާފުގައެވެ. މި ދެ ގޯލާ އެކު ރޮނާލްޑޯ ވަނީ މި ފަަހަރު ލީގުގައި 18 ގޯލު ޖަހައި ލަނޑު ލިސްޓުގެ ކުރިއަށް ޖެހިލައިފަ އެވެ. ޔުވެންޓަސް އަށް 2018 ވަަނަ އަހަރު ބަދަލުވި ފަހުން ރޮނާލްޑޯ ވަނީ ލީގުގައި އެ ޓީމަށް 70 ގޯލު ޖަހައިފަ އެވެ.

މި މެޗުގައު ޔުވެންޓަސްއިން ލީޑު ފުޅާކޮށް މެޗުގެ ނަތީޖާ ތަފަތު ކޮށްލީ އެމެރިކާގެ މިޑްފީލްޑަރު ވެސްޓަން މެކްކެނީ އެވެ.

މި މޮޅާއެކު ޔުވެންޓަސް ތިން ވަނަ އަށް އެރީ 22 މެޗުން 45 ޕޮއިންޓް ހަމަކޮށްގެންނެވެ. ދެ ވަނައިގައި އޮތް އޭސީ މިލާން ވަނީ 23 މެޗުން 49 ޕޮއިންޓް ހޯދައިފަ އެވެ. އިންޓަ މިލާން އެއް ވަނައިގައި އޮތީ 23 މެޗުން 53 ޕޮއިންޓާ އެކު އެވެ. ލީގުގެ ފުލުގައި ކްރޮޓޯނޭ އޮތީ 23 މެޗުން 12 ޕޮއިންޓް ހޯދައިގެންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.