ގްރޭންޑް ވިއުގައި ކުރިއަށްދިޔަ ބާތްޑޭ ޕާޓީއެއް ހުއްޓުވައި ޖޫރިމަނާކޮށްފި
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ގައިޑްލައިނާ ޚިލާފަށް ގްރޭންޑް ވިއު ރެސްޓޯރެންޓުގައި މިރޭ ބޭއްވި ބާތްޑޭ ޕާޓީއެއް ހުއްޓުވައި، ރެސްޓޯރެންޓު5،000 ރުފިޔާއިން ޖޫރިމައިނާ ކޮށްފައިވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
އުފަންދުވަސް ފާހަގަކުރި މައްސަލާގައި ރެސްޓޯރެންޓު ޖޫރިމަނާ ކޮށްފައިވާއިރު، މިއަދު ހަވީރު ވަނީ އެޗްޕީއޭގެ ގައިޑްލައިނާާއި ޚިލާފަށް ސޯލްޓް ކެފޭގައި ކައިވެނި ޕާޓިއެއް ކުރިއަށް ގެންގޮސްފައިވާތީ އެކެފޭ ޖޫރިމަނާކޮށްފައެވެ.
ރާއްޖޭގައި ކޯވިޑް ކޭސްތައް އިތުރުވުމާއި ގުޅިގެން އެޗްޕީއޭއިން އެކުލަވާލާ އަޅާފައިވާ ފިޔަވަޅުތައް ބަޔާންކުރާ ގައިޑްލައިންގައި ވާގޮތުން މާލެ ސަރަހައްދުައި ކައިވެނި ޕާޓީތަކާއި އެއްވުންތައް ބޭއްވުމަކީ މަނާކަމެކެވެ. އަދި އެއްފަހަރާ 10 މީހުންނަށްވުރެ ގިނަ މީހުން އެކީގައި ބޭރަށް ނުނިކުމެވޭނެކަމަށްވެސް ކަނޑައަޅާފައިވެއެވެ.
މާލޭގައި ކުރިއަށްދާ ކައިވެނި ޕާޓީ ފުލުހުން ހުއްޓުވާފައި ނުވާއިރު، އެޗްޕީއޭގެ ގައިޑްލައިނާއި އެއްގޮތަށް މާސްކު އަޅައިގެން އަދި ގައިދުރުކަން ބަހައްޓައިގެން އިދިކޮޅުން ކުރިއަށްގެންދާ މުޒާހަރާއަށް އެސްއޯ ފުލުހުން ނިކުމެ ބާރުގެ ބޭނުންކޮށް ރޫޅާލާފައިވެއެވެ. އަދި ޕެޕަރ ސްޕްރޭ ޖަހާ އެއްވުންތައް ރޫޅާލާފައިވެސްވެއެވެ. އަދި މާލޭގައި މުޒާހަރާ ކުރިއަށްދާނަމަ އެއްވެސް އިންޒާރަކާއި ނުލާ ރޫޅާލާ ޖިޏާޢީ ދައުވާ އުފުލާނެކަމުގެ އިންޒާރުވެސް ފުލުހުން ދީފައިވެއެވެ.
ކޮމެންޓު ފޮނުވާ