ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުންދިޔަ ބ. ހިބަޅިދޫއަށް ހަތިޔާރު ގެންދިއުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި ދެ މީހުންގެ އިންޓަރޕޯލް ރެޑް ނޯޓިން ވަރަށް ފަހުން ވަނީ ކެންސަލް ކޮށްފައިކަމަށް މި އޮޕަރޭޝަންގައި އިސްކޮށް އޭރު އެމްއެންޑީއެފްގައި ހަރަކާތްތެރި ކެޕްޓަން އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
ބ. ހިބަޅިދޫ ކައިރީ ކަނޑުގެ އަޑިން ހަތިޔާރުތަކެއް ހޯދީ 2015 ވަނަ އަހަރު އެވެ. ހިބަޅިދޫއިން ހަތިޔާރުތައް ހޯދާފައިވަނީ އެރަށާއި ކައިރިން ކަނޑުގެ އަޑިން 42 މީޓަރުންނެވެ. ރައީސުލްޖުމްހޫރިއްޔާ އަވަހާރަކޮށްލުމަށް ރިޔާސީ ލޯންޗްގައި ބޮން ގޮއްވާލި ހާދިސާއަށް ފަހު، ފުލުހުންނާއި ސިފައިން ކުރިއަށްގެންދިޔަ އޮޕަރޭޝަންގައި ރިސޯޓެއް ތަރައްގީކުރުމަށް ބަޔަކާއި ހަވާލުކޮށްފައިވާ ހިބަޅިދޫ ބަލާފާސްކުރުމުން ގިނަ އަދަދެއްގެ ހަތިޔާރު ވަނީ ފެނިފައެވެ.
މިމައްސަލައާއި ގުޅޭގޮތުން މިއަދު މަޖިލީހުގައި ދެކެވުނު ވާހަތަކާއި ގުޅިގެން ކެޕްޓަން އިހުސާން ވިދާޅުވީ މިހާތަނަށް ހާމަކުރަން ބޭނުންވި މައުލޫމާތުވެސް ދޮގު ތުހުމަތުތަކާއި އެކު އެޅުވުމުން ހާމަކުރަން ޖެހުނީކަމަށެވެ. ކެޕްޓަން އިހުސާން ވިދާޅުވީ ހިބަޅޫއަށް ލޯންޗެއްގައި ހަތިޔާރު ގެންގޮސް އެތާނގައި ތިބި މީހުންނަށް ހަވާލުކުރީ މ. ސެސްނާ މުހައްމަދު އައްލާމް ލަތީފް އާއި މ. ލޭންޑް އޮފް ގާޑަން، އަހުމަދު އިޝްފާހު އަލީ ކަމަށެވެ. އަދި އެ މީހުން ހޯދަން ކުރިން ނެރެފައިވާ އިންޓަޕޯލްގެ ނޯޓިސް މިހާރު ކެންސަލް ކޮށްފައިވާ ކަމަށެވެ.
B. Hibalhidhoo ah Launch gai hathiyaaru gengos ethaa thibi meehunaa havaalu kuri mi dhe meehun. Mi meehunah kurin nerefaiva Interpol Red Notice vany mi fahun cance kohffai. pic.twitter.com/s0yWLKixSw
— Ali Ihusaan (@ali_ihusaan) February 22, 2021
"ފިނިފެންމާ" ގައި ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން ދިން ހަމަލާއާ ހިބަޅިދޫން ފެނުނު ހަތިޔާރާ ގުޅުމެއް ބާއްވާ ކަމަށް ތުހުމަތު ކުރެވޭތީ ގިނަ ބައެއްގެ މައްޗަށް ކުރީ ސަރުކާރުގެ ދުވަސްވަރު ދައުވާ އުފުލިއެވެ. އެއީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި ސިފައިންގޭގެ ބަޑި ގުދަނުގެ ކުރީގެ ވެރިޔާ ކާނަލް އަހުމަދު ފަޔާޒު (ޕާޕާ) އާއި އެފްއޭއެމްގެ ނޯމިލައިޒޭޝަން ކޮމެޓީގެ ކުރީގެ މެމްބަރު މުހައްމަދު ހުސައިން (އޮއިއްޓޭ) އާއި މ. ސެސްނާ މުހައްމަދު އައްލާމް ލަތީފް އަދި މ. ލޭންޑް އޮފް ގާޑަން، އަހުމަދު އިޝްފާހު އަލީ އެވެ. މި މީހުން ތިބީ ފިލައިގެން ގޮސް ރާއްޖެއިން ބޭރުގައި ފިލަ އެވެ. އެއިން އެއްވެސް މީހަކު ޝަރީއަތަށް ހާޒިރެއް ނުކުރެވެއެވެ.
ކޮމެންޓު ފޮނުވާ