ސިފައިންގެ އަގުވައްޓާތީ އިހުސާން ރަތަށް، އެންމެފަހުން ހަގީގަތް ހާމަކޮށްދެއްވައިފި

ސިފައިންގެ އަގުވައްޓާތީ އިހުސާން ރަތަށް، އެންމެފަހުން ހަގީގަތް ހާމަކޮށްދެއްވައިފި

Author
މުޙައްމަދު ޝަޒައިމް
22 ފެބްރުއަރީ 2021 08:07
0

ސިފައިންގެ އަގުވައްޓާލައި، ސިފައިންނާއި ގުޅޭގޮތުން މިއަދު ރައްޔިތުންގެ މަޖިލީހުގައި ދެއްކެވި ވާހަތަކާއި ގުޅިގެން ސިފައިންގެ ޚިދުމަތުގައި ކުރިން ހުންނެވި ކެޕްޓަން ޢަލީ އިޙްސާން ރައްދު ދެއްވައިފިއެވެ.

ހިބަޅިދޫ މައްސަލާގައި އޭރު އެ އޮޕަރޭޝަން ހިންގެވުމަށް އިސްކޮށް ހުންނެވި ބޭފުޅެއްގެ ހައިސިއްޔަތުން ކުރައްވާފައިވާ މަސައްކަތްއް ހާމަކޮށްދެއްވައި އިހުސާން ވިދާޅުވީ ޤާނޫނީ އިމުން ބޭރުން އެއްވެސް ކަމެއް ކޮށްފައި ނުވާނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތްކަމަށެވެ. ސިފައިންގެ އަގުވައްޓާލައި ސިފައިން ބަދުާމުކޮށް މުޅި މުވައްސަސާގެ އަގު ވައްޓާލުމަކީ އެއީ ކުރެވޭ ވަރަށް ދެރަ ކަމެއްކަމަށާއި އެކަން ކުރުމަށް ޖާގަ ދެވިގެން ނުވާނެކަމަށް އިހުސާން ވިދާޅުވިއެވެ.

އިހުސާންގެ ވާހަތަކާއި ގުޅިގެން ރައްޔިތުންގެ މަޖިލީގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒޭނާ އާދަމް ވަނީ ރައްދު ދެއްވާފައެވެ. ރޮޒޭނާ ވިދާޅުވީ ހިބަޅިދޫ މައްސަލާގައި އޭރުގެ ވެރިން ކުރެއްވި ޢައިރު ޤާނޫނީ އަމުރުތަކަށް އިހުސާން އަމަލުކޮށްފައިވާކަމަށެވެ. ރޮޒޭނާގެ މިވާހަތަކާއި ގުޅިގެން އިހުސާން ވިދާޅުވީ ޢައިރު ޤާނޫނީ އަމުރަކަށް ތަބާވެފައިވާނަމަ ޤާނޫނީ ފިޔަވަޅު އަޅައިދެއްވުމަށެވެ. އަދި މިކަން މަޖިލީހުން ބަލައި ކުރައްވާ ތުހުމަތުތައް ސާބިތު ކޮށްދެއްވުމަށް އޭނާ ވަނީ އެދިވަޑައިގެންފައެވެ.

މިބަހުސްގައި ދެބޭފުޅުން ވަނީ ގިނަ ވާހަތަކެއް ދައްކައި އެއްބޭފުޅަކު އަނެއް ބޭފުޅަކަށް ރައްދު ދެއްވައި ހައްދަވާފައެވެ. އެގޮތުން ރޮޒޭނާ ވަނީ އޭރުގައި އެމްއެންޑީއެފްގެ ބޭފުޅުން މަޖިލީހަށް ވަދެ މެމްބަރުން ނެރެ ހެދާފައިވަނީ، ކޮން ޤާނޫނަކުން ލިބިދީފައިވާ ބާރަކުންތޯ ސުވާލު ކުރައްވާފައެވެ. މިސުވާލުގެ ޖަވާބުގައި އިހުސާން ވިދާޅުވީ، ކޮންމެ ސިފައިންގެ މީހުން ހިންގާފައިވާ އަމަލުތައް ދިފާއު ނުކުރައްވާ ކަމަށާއި، ނަމަވެސް ހިބަޅިދޫ މައްސަލާގައި އެކަން ހިނގި ގޮތުގައި އެއްވެސް އަމަލެއް ޤާނޫނާއި ޚިލާފަށް ހިންގާފައިނުވާކަމަށެވެ.

ހިބަޅިދޫގެ ހާދިސާގައި އެންމެ ބޮޑު ބައިވެރިވުމެއް އޮތް ދެމީހުންގެ ރެޑްނޯޓިސްވެސް މިހާރު ވަނީ އުވާލާފައި ކަމަށް އިހުސާން ވިދާޅުވިއެވެ. އަދި މިކަމުގައި އިސްކޮށް ހަރަކާތްތެރިވި މީހުންގެ ޤާޒީއަކަށް ރޮޒޭނާވެ މިކަން ހުއްޓުވި މީހުން ޢައްދާރުންނަށް ހެދުމަކީ ވަރަށް ބޮޑު ބޭއިންސާފެއްކަމަށް އިހުސާން ވިދާޅުވިއެވެ.

ފުލުހުންނާއި ސިފައިންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ހިނބަޅިދޫ ބަލާފާސްކޮށް ހޯދާފައިވާ ގިނަ އަދަދެއްގެ ހަތިޔާރުތަކުގެ ތެރޭގައި ތަފާތު އެކި ބާވާތްތަކުގެ ބަޑިއާއި، ފިސްތޯލައާއި، ބޮން ހަދާ ސާމާނާއި ވަޒަނުގެ އިތުރުން އަދިވެސް ނުރައްކާތެރި އެތައް ހަތިޔާރެއް ހިމެނެއެވެ. މިހާދިސާއާއި ގުޅިގެން އިސްކަންދަރު ކޮށީގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެމް.އެން.ޑީ.އެފްގެ ކެޕްޓަން އަލީ އިހުސާން ވިދާޅުވީ، މިހަތިޔާރުތައް ފޮރުވާފައިހުރީ ކަނޑުގެ 42 މީޓަރ އަޑީގައި ދަބަހަކަށް އަޅާފައިކަމަށެވެ.

ހަތިޔާރުތަކުގެތެރޭގައި އޭކޭ ސީރީޒްގެ ބަޑިއަކާއި އޭގެ ގިނަ އަދަދެއްގެ ވަޒަނާއި މެޝިން ފިސްތޯލައަކާއި އޭގެ ގިނަ އަދަދެއްގެ ވަޒަނާއި ސްނައިޕަރ ރައިފަލްގައި ބޭނުންކުރާ ވަޒަނާއި ހޭންޑް ގްރެނޭޑާއި އަދިވެސް ގޮވާޒާތުގެ އެތައް ސާމާނަކާއި އެތަކެތީގެ އާލާތްތައް ހިމެނޭކަމަށް ފުލުހުން ބުނެއެވެ. މީގެއިތުރަށް ހަވާ އެރުވުމުގައި ބޭނުންކުރާ ސާމާނުތަކެއްވެސް މިދަބަހުގެތެރޭގައި ހުރިކަމަށް ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ޢ ޢަލީ
ސާބަހޭ އިހުސާން ތިޔައީ ގައުމު ދެކެ ލޯބިވާ ކެރޭ ދަރިއެއް.މިގައުމު ފަޚުރުވެރިވާ ދަރިއެއް.
ބ ބޯ ހަލާކު
ކޮބާހޭ ތިހަތިޔާރު ތައް ސިފައިންގެ އިން ނެރުނު މީހުން އެމީހުންގެ ނަން ހާމަ ކޮއްދީ