ކޯވިޑް-19 ގެ ވެކްސިން ޖަހާނީ މާލޭ ހުރިހާ ރައްޔިތުން ވެކްސިން ޖަހާ ނިމުމުން ކަމުގައި މާލެ ސިޓީ ކައުންސިލްގެ މޭޔަރުގެ މަޤާމަށް ވާދަކުރައްވާ އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.
އަލްހާން މިފަދައިން ވިދާޅުވީ ކޯވިޑް-19 ގެ ވެކްސިން ޖެއްސެވުމަށްފަހު މާލެ ސިޓީ މޭޔަރުގެ މަޤާމަށް ވާދަކުރައްވާ ސަރުކާރު ހިންގާ އެމްޑީޕީގެ ކެންޑިޑޭޓް އަނަސް އަބަދުއްސައްތާރު ކުރެއްވި ޓްވީޓަށް ރައްދު ދެއްވަމުންނެވެ. މުޅި ރާއްޖޭގައި ކޯވިޑް ވެކްސިން ދިނުމުގެ މަސައްކަތް ކުރަމުންދާއިރު މާލެ ސަރަޙައްދުގައި ވެކްސިންޖެހި މީހުންގެ ޖުމްލަ އަދަދުވަނީ 57،039 އަށް އަރާފައެވެ. ރާއްޖެއިން ވެކްސިން ޖެހި މީހުންގެ ޖުމްލަ ޢަދަދު 74،966އިން މައްޗަށް އަރައިފައެވެ.
އަޅުގަނޑު ވެކްސިން ޖަހާނީ މާލޭ ހުރިހާ ރައްޔިތުން ވެކްސިން ޖަހާ ނިމުނީމަ! https://t.co/XnVWq3T9s2
— ????? ????? – ?? (@AlhanFahmy) February 22, 2021
މާލޭގެ 10 ސެންޓަރަކުންދަނީ ވެކްސިން ދިނުމުގެ ޚިދުމަތްދެމުންނެވެ. އަދި އަތޮޅުތަކުގެ 69 ސެންޓަރެއްގައި ވޭތުވެދިޔަ 24 ގަޑިއިރު ވެކްސިން ދީފައިވެއެވެ. ރާއްޖޭގައި ކޯވިޑުން ދިފާއުވުމަށް ދެމުން އަންނަނީ އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި، އޮކްސްފޯޑާ އެސްޓްރްރާޒެނެކާގެ ކޮވިޝީލްޑް ވެކްސިންއެވެ. މިހާތަނަށް މީގެ 200،000 ޑޯޒް ވެކްސިން އިންޑިއާއިން ވަނީ ރާއްޖެއަށް ހަދިޔަކޮށްފައެވެ.
ކޮމެންޓު ފޮނުވާ