އިދިކޮޅު ކޯލިޝަން ހިންގުމާއި ހަވާލުވެ ހުންނެވި އަބްދުއްރަހީމް ހައްޔަރުކޮށްފި

އިދިކޮޅު ކޯލިޝަން ހިންގުމާއި ހަވާލުވެ ހުންނެވި އަބްދުއްރަހީމް ހައްޔަރުކޮށްފި

Author
މުޙައްމަދު ޝަޒައިމް
22 ފެބްރުއަރީ 2021 05:26
0

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަން ހިންގުމާއި ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ފުލުހުން ހައްޔަރުކޮށްފިއެވެ.

އިދިކޮޅު ކޯލިޝަންގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވީ އަބްދުއްރަހީމް ހައްޔަރުކޮށްފައިވަނީ ޕާޓީ އޮފީހުގައި އިންނެވުމަށްފަހު ގެޔަށް ވަޑައިގެންނެވުމަށް އޮފީހުން ނިކުންނެވިތަނާ ހެންކަމަށެވެ. ފުލުހުން އަބްދުއްރަހީމް ހައްޔަރުކޮށްފައިވާއިރު އަދި މިހާތަނަށް އެއްވެސް އެއްޗެއް އަންގާފައި ނުވާކަމަށް ހީނާ ވިދާޅުވިއެވެ.

އިދިކޮޅު ކޯލިޝަނަށް ނިސްބަތްވާ ބަޔަކު ވަނީ އަބްދުއްރަހީމް އޮފީހުން ގެޔަށް ވަޑައިގަންނަވަން ނުކިތްއިރު މިއަދުވެސް މުޒާހަރާ ކުރުމަށް ތައްޔާރުވެފައެވެ. ނަމަވެސް އޭނާ މުޒާހަރާގައި ބައިވެރިވެ އެހަރަކާތުގައި ދިއުމަށް އެއްވެސް ކަމެއް ކޮށްފައިވާތަނެއް މިއަދު ފެނިފައި ނުވެއެވެ.

އަބްދުއްރަހީމް ހައްޔަރު ކުރުމާއި ގުޅިގެން އެކޯލިޝަނަށް ނިސްބަތްވާ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.