މިނިސްޓަރ މަހުލޫފް މާދަމާ މަޖިލީހަށް ހާޒިރު ކުރަނީ

މިނިސްޓަރ މަހުލޫފް މާދަމާ މަޖިލީހަށް ހާޒިރު ކުރަނީ

Author
މުޙައްމަދު ޝަޒައިމް
21 ފެބްރުއަރީ 2021 09:17
0

ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފް މާދަމާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ހާޒިރު ކުރުމަށް އެޖެންޑާ ކޮށްފިއެވެ.

މާދަމާގެ ޖަލްސާއަށް ވަޒީރު ހާޒިރު ކުރުމަށް ހަމަޖެހިފައިވަނީ ތޮއްޑޫ ދާއިރާގެ މެންބަރު ޙަސަން ޝިޔާން، ކުރައްވާ ސުވާލުގެ ޖަވާބެއް ހޯދުމަށެވެ. ޝިޔާން ކުރައްވާ ސުވާލަކީ އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ ރަށްރަށަށް ހަދިޔާ ކުރި ކުޑަކުދިންގެ ޕާކުތަކުގެ ތެރެއިން އއ.ތޮއްޑޫއާއި އއ.އުކުޅަސްއަށް މިއަހަރު ހަދިޔާކުރައްވާނެކަމަށް މިނިސްޓަރ ވިދާޅުވި ޕާކު ސެޓުތައް އެ ރަށްރަށަށް ލިބޭނީ ކޮން ތާރީޚަކުތޯ؟ އަދި އެންމެ ފަހުން އިޢުލާންކުރި ލިސްޓުގައި ނުހިމެނުނީ ކީއްވެތޯ؟ އޮޅުން ފިލުވުމަށެވެ.

މިއީ މިނިސްޓަރ މަހުލޫފް މިއަހަރުގެ މަޖިލީހުގެ ޖަލްސާތަކަށް ހާޒިރު ކުރާ ފުރަތަމަ ފަހަރެެވެ. މަޖިލީހުގެ މާދަމާގެ ޖަލްސާގައި ވަޒީރާއި ސުވާލު ކުރުމަށް ހުޅުވާލެވޭ ފުރުސަތުގައި އިތުރު މެމްބަރުންނަށް 20 މިނިޓްގެ ފުރުސަތެއް ވަޒީރާއި ސުވާލު ކުރުމަށް ލިބިގެންދާނެއެވެ.

މީގެ އިތުރުން މާދަމާގެ ޖަލްސާގައި އޭޝިއަން އެކެޑެމީ އޮފް އެރޮނޯޓިކްސްގައި ކިޔަވަމުންދ ދަރިވަރުންނަށް ކުރިމަތިވެފައިވާ މައްސަލަތަކަށް ޙައްލެއް ހޯއްދަވައިދެއްވުމަށް އެދިވަޑައިގެން ފޮނުއްވާފައިވާ މައްސަލަ ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓްވެސް ވަނީ އެޖެންޑާ ކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.