ކޯވިޑް-19ގެ އެކި މަސައްކަތުގައި ދަރުބާރުގޭގައި ހަރަކާތްތެރިވާ 6 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.
ހެލްތް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭގެ ޑިރެކްޓަރ އަޙްމަދު ނާސިރު ވިދާޅުވީ ދަރުބާރުގޭގައި މަސައްކަތްކުރާ 6 މީހުން ޕޮޒިޓިވްވެފައިވާކަމަށާއި، އެމީހުންގެ ކޮންޓެކްޓުންގެ ގޮތުގައި ފާހަގަކުރެވުނު 29 މީހަކު ކަރަންޓީނުކުރެވުފައިވާކަމަށެވެ.
ދަރުބާރުގޭގެ ޕޮޒިޓިވް ކޭސްތަކާއި ގުޅިގެން އެތަނުގައި ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ވަރުގަދަކޮށްފައިވާކަމަށްވެސް އެޗްއީއޯސީން ވިދާޅުވިއެވެ.
ރާއްޖެއިން އެންމެ ފަހުން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން މާލެ ސަރަހައްދުން 89 މީހުން ޕޮޒިޓިވެފައިވާއިރު، ރަށްރަށުން ޕޮޒިޓިވްވި 22 މީހުންގެތެރޭގައި މާފުށީގެ ގެސްޓްހައުސެއްގައި ތިބި 4 ފަތުރުވެރިއަކުވެސް ހިމެނޭކަަމަށް އެޗްއީއޯސީން ވިދާޅުވިއެވެ. މިއާއެކު ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު ވަނީ 18،612 އަށް އަރާފައެވެ.
ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ރާއްޖެއިން މިހާތަނަށް 60 މީހަކު ވަނީ މިހާތަނަށް ނިޔާވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ 52 ދިވެހިންނާއި 8 ބިދޭސީންނެވެ.
ކޮމެންޓު ފޮނުވާ