ކެފޭގެ ތެރެއިން ނޫސްވެރިއަކު ހައްޔަރުކޮށްފައިވަނީ އެއީ ނޫސްވެރިއެއްކަން ނޭންގިގެންކަމަށާއި ނޫސްވެރިއެއްކަމަށް ބުނުމުން ދޫކޮށްލާފައިވާކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނެފައިވަނީ ހުކުރު ދުވަހު އިދިކޮޅު ޕީޕީއެމް/ޕީއެންސީން މުޒާހަރާކުރަމުންދިޔައިރު މުޒާހަރާގެ ބައިވެރިން އެސަރަހައްދުދޫކޮށް ދާން އެންގުމުން ފުލުހުންނާ ހަޑި ހުތުރު ބަހުން މުއާމަލާތްކޮށް ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއަޅާ މުޒާހަރާގެ ބައިވެރިން ކެފޭ ތެރެއަށް ވަދެގަނެފައިވާ ކަމަށެވެ. އެގޮތަށް ކެފޭ ތެރެއަށް ވަދެގަތް މީހުން ފުލުހުން ވާނީ އެތަނުން ނެރެފައިކަމަށް ފުލުހުން ބުނެއެވެ. އަދި އެތަނުން ނެރެން އުޅުމުން ނޫސްވެރިޔާ ހިމެނޭގޮތުން ހަމަނުޖެހުން ހިންގާފައިވާކަމަށް ފުލުހުން ބުނެއެވެ. އެގޮތުން ނޫސްވެރިޔާ ބިންމައްޗަށް ވެއްޓިގަނެ އަމުރަށް ނުކިޔަމަންތެރި ވެފައިވާކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން މިފަދަ ގޮތަކަށް ވިދާޅުވެފައިވާއިރު، ޗެނަލް13 އަށް ނިސްބަތްވާ އެނޫވެރިޔާ ހައްޔަރުކޮށް ގެންދިޔަ އިރުވެސް އޭނާގެ ކަރުގައި ފާސް އޮތްތަން ފެނެއެވެ. އަދި ފަހަތުން ކެފޭގައި ތިވި މީހުންވެސް އެއީ ނޫސްވެރިއެއްކަމަށް ބުނެ ގޮވަމުން ދިޔައެވެ. ނަމަވެސް ފުލުހުން ވަނީ އެއްވެސް ވަރަކަށް ބަލައިލުމެއްނެތި އަނިޔާވެރި ގޮތަކަށް އެނާ ކެފޭއިން ނެރެ ފުލުހުންގެ ވެހިކަލަށް އަރުވާފައެވެ.
ފުލުހުން ނޫސްވެރިޔާ އިން ކެފޭއަށް ވަދެފައިވަނީ މުޒާހަރާ ނިމުނާ އެތައް އިރެއްފަހުން ކުއްލިއަކަށް ކެފޭ ތެރެއަށް ވަދެކަން ފާހަގަކޮށްލެވެއެވެ. އަދި ވަގުތު ކެފޭގައި ތިބިމީހުންނަށާއި، ކެފޭގައި ޚިދުމަތްދޭ މީހުންނަށްވެސް ކުއްލި ސިހުމެއްލިބި ވެގެން އުޅޭގޮތެއް ސާފު ކުރުމަށް މަސައްކަތް ކުރާތަންވެސް ބައެއް މީހުން ހިއްސާކޮށްފައިވާ ވީޑިއޯތަކުން ފެނިގެންދިޔައެވެ.
މިހާދިސާގައި ފުލުހުން ގޯސްފައިވަނީ ނޫސްވެރިންނެވެ. ނަމަވެސް އިއްޔެގެ މުޒާހަރާ ތެރެއިން މުޒާަރާ ރޫޅާލަން އުޅުމުގެ ތެރޭގައިވެސް ޗެނަލް 13 ގެ ކެމެރާމަނަކަށް ވަނީ ބޮޑެތި އަނިޔާތަކެއްލިބި ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ.
މުޒާހަރާ ކަވަރުކުރި ޗެނަލް 13ގެ ކެމެރާމަނަކަށް ބޮޑެތި އަނިޔާތަކެއް
އިދިކޮޅު ކޯލިޝަނުން މާލޭގައި ކުރިއަށްގެންދާ މުޒާހަރާތަކުގައި ފަަހަކަށް އައިސް ފުލުހުންގެ ފަރާތުން ނޫސްވެރިންނަށް އެކި ވަރުގެ އަނިޔާތައް ދެމުންދާތީ އެކަން ބަލައި ދިނުމަށް އެކި ފަރާތްތަކުން ދަނީ ގޮވާލަމުންނެވެ. ނަމަވެސް މިކަމުގައި މީޑީޔާގެ ބަލަދުވެރި ފަރާތްތަކުން އެކަށީގެންވާ ގޮތެއްގައި މަސައްކަތް ނުކުރާތީ ބައެއް ނޫސްވެރިން އިސްނަގައިގެން މިކަމުގައި ހައްލެއް ހޯދުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ