ކައުންސިލް އިންތިޚާބު: އިދިކޮޅު ކޯލިޝަންގެ ކެމްޕެއިން މެނޭޖަރާއި، ތަރުޖަމާނު ކަނޑައަޅައިފި

ކައުންސިލް އިންތިޚާބު: އިދިކޮޅު ކޯލިޝަންގެ ކެމްޕެއިން މެނޭޖަރާއި، ތަރުޖަމާނު ކަނޑައަޅައިފި

Author
މުޙައްމަދު ޝަޒައިމް
20 ފެބްރުއަރީ 2021 01:18
0

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ކެމްޕެއިން މެނޭޖަރާއި، މަރުޖަމާނު ކަނޑައަޅައިފިއެވެ.

ލޯކަލް ކައުންސިލް އިންތިޚާބު އޭޕްރީލް މަހުގެ 10 ވަނަ ދުވަހު ބޭއްވުމަށް އިލެކްޝަން ކޮމިޝަނުން ވަނީ އިއުލާން ކޮށްފައެވެ. އިންތިޚާބަށް ސިޔާސީ ޕާޓީތަކުންނާއި ކެންޑިޑޭޓުން ކެންޕެއިން ކުރަމުންދާއިރު، މި އިންތިޚާބުގައި ކެންޕެއިން ކުރުމަށް ހަމަހަމަ ފުރުސަތު ލިބޭކަމުގެ ޝަކުވާ ތަކުރާރުކޮށް އިދިކޮޅު ކޯލިޝަނުން ވަނީ އިލެކްޝަން ކޮމިޝަނަށް ހުށަހަޅާފައެވެ.

އިންތިޚާބަށް އިދިކޮޅު ކޯލިޝަނުން ހުރި ގޮންޖެހުންތަކާއިއެކުވެސް ކުރިއަށް ދިއުމަށްޓަކައި މިއަދު ވަނީ އިންތިޚާބުގެ ކެންޕެއިން މެނޭޖަރަކަށް ރައްޔިތުންގެ މަޖިލީހުގެ މަޑަވެލި ދާއިރާގެ ކުރީގެ މެމްބަރު މުއާޒު މުހައްމަދު ރަޝީދު އެވެ. ކެމްޕެއިންގެ ތަރުޖަމާނަކަށް ހަމަ ޖައްސާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ ކުރީގެ މެމްބަރު ޑރ.އަބްދުﷲ ޚަލީލްއެވެ.

އިދިކޮޅު ކޯލިޝަނުން ދަނީ ރަށު ބަންދުގައި ތިބެވެެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކެމްޕެއިން ޖަލްސާތަކާއި ބައްދަލުވުންތައް ބާއްވަމުންނެވެ. އިންތިޚާބު ބޭއްވުމަށް ޓަކައި އިލެކްޝަނުން މަސައްކަތް ކުރަނުންދާއިރު، މިހާރު އޮތް ގައިޑްލައިންގެ ތެރެއިން އިންތިޚާބު ބާއްވައިފިނަމަ ޤާނޫނީ ގިނަ މައްސަލަތަކެއް ނިކުމެ އިންތިޚާބު ކޯޓުން ބާތޮލް ކުރުމުގެ ފުރުސަތުވެސް ބޮޑުކަމަށް އިލެކްޝަނުން ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.