ކޯވިޑް-19 އަށް ފަރުވާދެމުންދަނިކޮށް ރާއްޖޭގެ ރައްޔިތުންގެ މެދުގައި މަގުބޫލު ފިލްމީ ތަރި ކޮއްޔަ ޙަސަން މަނިކު ނިޔާވި ޚަބަރާއިއެކު ދިވެހިންނަށްމިވަނީ ކުއްލި ސިހުމެއް ގެނުވާފައެވެ.
މުޅި ސޯޝަލް މީޑިޔާގައި ހަސަންގެ ވަކިބެ ދިއުމާއި ގުޅޭގޮތުން ތަފާތު އެކި ޝުއޫރުތަކާއި، ތައުޒިޔާގެ ބަސްތަކުން ވަނީ ފުރިފައެވެ. ދައުލަތުގެ ވެރިންނާއި، ކުޅިވަރުގެ އާއިލާއާއި، ފިލްމީ ތަރިންނާއި، އާންމު ރައްޔިތުންގެ ތައުޒިޔާ ދަނީ ހަސަންގެ އާއިލާއަށް ކިޔަމުންނެވެ.
ހަސަން މަނިކު ނިޔާވެފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގައި ފަރުވާދެމުންދަނިކޮށެވެ. ކޮއްޔަ ޙަސަން މަނިކު ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ މިމަހުގެ 15 ވަނަ ދުވަހުއެވެ. އޭނާ ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލުކޮށްފައިވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ދިނުމަށްފަހު، ޙާލުދެރަވުމާގުޅިގެންނެވެ.
ކޮއްޔަ ޙަސަން މަނިކަކީ ދިވެހި ފިލްމީ ދާއިރާގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތްކޮށްފައިވާ މީހެކެވެ. އެގޮތުން އޭނާ ވަނީ 1980ގެ އަހަރުތަކުން ފެށިގެން އެ ދާއިރާގައި މަސައްކަތް ކުރަން ފަށާފައެވެ. ޓީވީ ޑްރާމާތަކާއި، ފިލްމްތަކުގައި އެކި ރޯލުތަކުން ފެނިފައިވާ ކޮއްޔަ ޙަސަން މަނިކަކީ އާއްމުންގެ މެދުގައި މަޤްބޫލުކަން ހޯދާފައިވާ ޝަހްސިއްޔަތެކެވެ.
انا لله وانا إليه راجعون ކޮއްޔަ ޙަސަން މަނިކު ނިޔާވި ޚަބަރު އެހީ ފުން ހިތާމައާއި އެކު. ޙަސަން އަކީ ދިވެހި ފަންނުވެރިކަމުގެ ދާއިރާއަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވި މޮޅު ފަންނާނެއް. މާތް ﷲ އެ މަރްޙޫމުގެ ފާފަ ފުއްސަވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރައްވާށި. آمین
– ޔުމްނާ މައުމޫން ކުރެއްވި ޓްވީޓުގައި ވެއެވެ.
انا لله وانا إليه راجعون
ކޮއްޔަ ޙަސަން މަނިކު ނިޔާވި ޚަބަރު އެހީ ފުން ހިތާމައާއި އެކު. ޙަސަން އަކީ ދިވެހި ފަންނުވެރިކަމުގެ ދާއިރާއަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވި މޮޅު ފަންނާނެއް. މާތް ﷲ އެ މަރްޙޫމުގެ ފާފަ ފުއްސަވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރައްވާށި. آمین— Yumna Maumoon (@yumna_maumoon) February 20, 2021
މިނިސްޓަރ ޔުމްނާގެ އިތުރުން ފިލްމީ ދާއިރާގެ ގިނަ ބޭފުޅުންނާއި، ކުޅިވަރު އާއިލާތަކުގެ ބޭފުޅުންވެސް ދަނީ މަރުހޫމްގެ ފުރާނަމަ ފުޅަށް ސުވަރުގޭގެ މަތިވެރި ނިއުމަތް މިނަވަރިު ކުރައްވައި އާއިލާއަށް ކެތްރިކަމަށް ދެއްވުން އެދި ދުއާ ކުރަމުންވެ.
ކޮވިޑް ރޯގާ ޖެހިގެން ފަރުވާ ހޯދަމުން ދިއަ އަޅުގަނޑުގެ އަޚް ކޮއްޔަ ހަސަންމަނިކު ދާދި ދެންމެއަކު ނިޔާވެއްޖެ
މަރްޙޫމްގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިއްމަތްﷲ މިންވަރު ކުރައްވާ ޢާއިލާއަށް ކެތްތެރިކަންދެއްވާށި. އާމީން!— Moosa Maniku (Reeko) (@ReekoMoosa) February 20, 2021
ހަސަން މަނިކަކީ ރާޢްޖޭގެ ފުޓޫބޯޅަ ތާރީހުގައި އެފެދުނު އެންމެ ކާމިޔާބު އެއް ކުލަބު ނިއުރޭޑިއަންޓުގެވެސް އެންމެ ވަރުގަދަ ސަޕޯޓަރެވެ. އޭނާ ވަނި ނިއުރޭޑިއަންުގެ އިތުރުން ކުޅިވަރަށްވެސް އެކި ގޮތްގޮތުން ޚިދުމަތް ކުރައްވާފައެވެ.
ކޮއްޔަ ހަސަން މަނިކަކީ ގާތް މީހެއް. އަވައްޓެރިއެއް. ނިއުރޭޑިއަންޓުގެ ވަރުގަދަ ސަޕޯޯޓަރެއް، ހިތް ހެޔޮ މަޖާ މީހެއް. މާތް ﷲ ކޮއްޔަ ހަސަން މަނިކުގެ ފާަފަތައ ްފުއްސަވައި، ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރައްވާށި. pic.twitter.com/1Q3zJikLMv
— Ameen Faisal (@Ameenfaisall) February 20, 2021
ހަސަން މަނިކު ވަކިވެ ދިއުމާ ގުޅިގެން މުޅި ފިލްމީ އިންޑަސްޓްރީއަށް ލިބިގެން ގޮސްފައިވަނީ ފޫ ނުބެއްދޭ ވަރުގެ ހިތާމައެއްކަމަށް އެދާއިރާގެ ބޭފުޅުން ދަނީ ވިދާޅުވަމުންނެވެ. އޭނާ ވަނީ ހެއްވާ މަޖާ އެތަކެއް ޑްރާމާތަކާއި، ފިލްމުތަކާއި، އިބުރަތްތެރި އެތައް ފިލްމުތަކެއް ކުޅެފައެވެ. ޚާއްސަކޮށް މީހުންނަށް މުހިންމު މެސެޖުދޭ ގިނަ ފިލްމުތަކާއި ޑްރާމާތަކުން އޭނާ ވަނީ ފެނިގެން ގޮސްފައެވެ.
ހަސަން މަނިކު ވަކިވެ ދިއުމާއި ގުޅިގެން ޚަބަރު އޮންލައިންގެ ފަރާތުންވެސް ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރައްވައި އާއިލާއަށް ކެތްތެރިކަމަށް އެދި ދުޢާކުރަމެވެ.
ކޮމެންޓު ފޮނުވާ