ކޯވިޑް-19ގައި ފިލްމީތަރި ކޮއްޔަ ހަސަން މަނިކު ނިޔާވެއްޖެ

ކޯވިޑް-19ގައި ފިލްމީތަރި ކޮއްޔަ ހަސަން މަނިކު ނިޔާވެއްޖެ

Author
މުޙައްމަދު ޖިމީ
20 ފެބްރުއަރީ 2021 11:12
0

ކޯވިޑް-19އަށް ފަރުވާދެމުން އައި އިތުރު މީހަކު ނިޔާވެއްޖެއެވެ.

މިއީ24 ގަޑިއިރުގެ ތެރޭގައި ނިޔާވި ދެވަނަ މީހާއެވެ. މަޢުލޫމާތު ލިބިފައިވާގޮތުގައި ނިޔާވީ މަޝްހޫރު ފިލްމީ ތަރި ކޮއްޔަ ހަސަން މަނިކު އެވެ. އޭނ ނޔާވެފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާގެ އައިސީޔޫގައި ފަރުވާދެމުން އަންނަނިކޮށެވެ. ނިޔާވީ ޢުމުރުން 67 އަހަރުގައެވެ.

މިއީ ރާއްޖޭގައި މިބަލީގައި ނިޔާވި60 ވަނަ މީހާއެވެ. އޭގެ ތެރޭގައި ހިމެނެނީ52 ދިވެހިންނާއި8 ބިދޭސީންނެވެ.

ރާއްޖޭގައި ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު އިތުރުވެފައިވާއިރު، ހޮސްޕިޓަލްގައިވެސް ގިނަ ޢަދަދެއްގެ މީހުން އެޑްމިޓްކޮށްގެން އަންނަނީ ފަރުވާދެމުންނެވެ. ހޮސްޕިޓަލްގައި އެޑްމިޓް ކުރަންޖެހޭ މީހުންގެ ޢަދަދު އިތުރުވުމަކީ މަރުވާ މީހުންގެ ޢަދަދުވެސް އިތުރުވެދާނެކަމެެއްކަމަށް ޑޮކްޓަރުންވެސް ވިދާޅުވެ ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.