އިދިކޮޅު ކޯލިޝަނުން މިއަދު މާލޭގައި ކުރި މުޒާހަރާ ކަވަރު ކުރަމުންދިޔަ ޗެނަލް 13 ގެ ކެމެރާމަނަކަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާތީ، އެކަން އިދިކޮޅު ޕީޕީއެމް ޕީއެންސީން ކުށްވެރިކޮށްފިއެވެ.
ޕީޕީއެމްގެ ނާއިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ވިދާޅުވީ، ރައްޔިތުން ބޯހިޔާވަހިކަމުން މަޙްރޫމްކޮށް އެތަކެއް އޮޅުވާލުންތަކެއް އޮޅުވާލަމުންދާތީ އިދިކޮޅުން އެކަމާ ދެކޮޅަށް އަޑު އުފުލުމަށް އެޗްޕީއޭގެ ގައިޑްލައިނާއި އެއްގޮތަށް ކުރިއަށް ގެންދިޔަ ހިނގާލުން ކަވަރކުރި ޗެނަލް13 ގެ ނޫސްވެރިޔާ ޝަހީމަށް ފުލުހުން އަނިޔާކޮށްފައިވާކަަމށެވެ. އަދި އެކަން ކުށްވެރިކުރާކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.
Rayyithun boahiyavahikamun mahroomkoh ethakeh olhuvaalunthakeh olhuvaalamunndhaaathee PPM/PNC in ekama dhekolhah adu ufulumah HPA ge guideline aa ehgothah beyvvi sulhaveri hingaalun coverkuramun dhiya @Ch13official ge noosveriya Shaheem ah @PoliceMv dhin aniya kuvverikuran. pic.twitter.com/RI36PYpl4t
— Ahmed Shiyam (@Shiyamaldives) February 19, 2021
ޕީޕީއެމްގެ ނާއިބު ރައީސް އަދި ބާރަށު ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް ޝުޖޢުވެސް ވަނީ އެކަން ކުށްވެރިކުރައްވާފައެވެ. އަދި ވިދާޅުވީ، ޝަހީމަކީ ޤައުމީ ބަޠަލެއްކަމަށެވެ. ޕީޕީއެމް ޕީއެންސީގެ ސުލްވެރިި އިހުތިޖާޖުގެ ތެރެއިން ޝަހީމަށްކުރި އަނިޔާ ކުށްވެރިކުރާކަމަށާއި، ފުލުހުންގެ އިސްވެރިންގެ ޤައިރު ޤާނޫނީ އަމުރުތަކަށް ތަބާ ނުވުމަށް ފުލުހުންނަށް ގޮވަލާލަމަށްވެސް ޝުޖާޢު ވިދާޅުވިއެވެ. އޭނާ ވަނީ ޝަހީމަށް އަވަސް ޝިފާއަަކަށްވެސް އެދިވަޑައިގެންފައެވެ.
Shaheem akee Qaumee Bathaleh.PPM/PNC ge sulhaveri ihuthijaajuge therein Shaheem Ah kuri aniyaa kuhvveri kuran.@PoliceMv ge isveringe Gairugaanoonee Amuruthakah Thabaa nuvumah Fuluhunnah Govaalan.Mi Amalu kuhveri kuran.Shaheem Ah Avas Shifa akah edhen.@Ch13official @broadcomMV pic.twitter.com/Yl8hbp9apn
— Ibrahim Shujau ? (@shuja3831) February 19, 2021
ކޮމެންޓު ފޮނުވާ