ގިނަ އަދަދެއްގެ ބަޔަކާއިއެކު އިދިކޮޅު ކޯލިޝަނުން މާލޭ މަގުތަކުގައި މިއަދު ކުރަމުންދާ މުޒާހަރާ ކޮންޓްރޯލް ކުރުމަށް ފުލުހުން ބާރުގެ ބޭނުންކޮށްފިއެވެ.
ގިނަ އަދަދެެއްގެ މީހުން އެއްވެފައިވުމުން މުޒާހަރާ ކޮންޓްރޯލް ކުރުމަށް ފުލުހުންނަށް ވަނީ ހުރަސްތަކާއި ކުރިމަތިވެފައެވެ. ދެ ސަރަހައްދަކުން މުޒާާ ކޮންޓްރޯލް ކުރުމަށް ކުރި މަސައްކަތް ކާމިޔާބު ނުވުމުން ފުލުހުންވަނީ ގިނަ އަދަދަކަށް ޕެޕާސްޕްރޭ ޖަހާފައެވެ. ނަމަވެސް މުޒާހަރާގެ ބައިވެރިން ފަހަތަށް ޖެހުމެއްނެތި ދަނީ މުޒާހަރާ ކުރިއަށް ގެންދަމުންނެވެ.
އެއްވި މީޙުން ގޮވާލަމުންދަނީ ފްލެޓްތަކުގެ ހައްގުވެރިންނަށް ފްލެޓް ދިނުމަށާއި، ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލަމުންނެވެ. މުޒާހަރާ ކޮންޓްރޯލް ކުރުމަށް ގިނަ ބަޔަކު އަޑު އުފުލަމުންދާއިރު، މުޒާހަރާގެ ބައިވެރިން މިހާރުވަނީ މާލޭގެ އެކި ސަރަހައްދުތަކަށް ބެހި އަޑު އުފުލަމުންނެވެ.
މިއީ ފަހަކަށް އައިސް މާލޭގައި އިދިކޮޅުން ބޭއްވި އެންމެ ގިނަ ބަޔަކު ހިމެނޭ މުޒާހަރާއެވެ.
ކޮމެންޓު ފޮނުވާ