ކޯވިޑް ވެކްސިން ދިން އުމުރުން ދުވަސްވީ މީހަކު ނިޔާވެއްޖެ

ކޯވިޑް ވެކްސިން ދިން އުމުރުން ދުވަސްވީ މީހަކު ނިޔާވެއްޖެ

Author
މުޙައްމަދު ޝަޒައިމް
19 ފެބްރުއަރީ 2021 01:17
0

ކޯވިޑް-19 ގެ ވެކްސިން ދިން އުމުރުން ދުވަސްވީ މީހަކު ނިޔާވެއްޖެއެވެ.

ނިޔާވެފައިވަނީ ގދ.ގައްދޫ މީހެކެ. މިމީހާއަށް ވެކްސިން ދީފައިވަނީ މިދިޔަ ބުދަ ދުވަހުގައެވެ. ނިޔާވެފައިވަނީ ގދ.ގައްދޫ ގްރީންގޭ އަލީ އިބްރާހިމް (ދަޑު އަލިބެ) އެވެ. އަލިބެއަކީ ގިނަ ދުވަސްތަކެއް ވަންދެން ބަލި ހާލަތުގައި އެދުމަތިވެ ފަރުވާ ހޯދަމުންދިޔަ މީހެކެވެ. އަދި ތަފާތު އެކި ބަލިތަކަށް އަލިބެ ވަނީ ފަރުވާ ހޯދާފައެވެ.

އަލިބެގެ މައްޗަށް ކުރާ ކަޝްނަމާދު ކުރަން ހަމަޖެހިފައިވަނީ މިއަދު އަސްރުނަމާދަށްފަހު ގައްދޫ ހުކުރު މިސްކިތުގައެވެ.

ޚަބަރު އޮނަލްއިންގެ ފަރާތުން މަރުހޫމްގެ ފުރާނަފުޅަށް ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރު ކުރައްވައި، އާއިލާއަށް ތައުޒިޔާ ދަންނަވަމެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.