އއ.މަތިވެރީގައި ޗުއްޓީ ހޭދަކުރަމުންދިޔަ ފަތުރުވެރިޔަކު ކޯވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.
އޭނާ ޕޮޒިޓިވްވިކަން އެގުނީ ޗުއްޓީ ހޭދަކުރުމަށްފަހު ފުރަން ވެގެން ނެގި ސާމްޕަލ ޓެސްޓަކުން ކަމަށް މައުލޫމާތު ލިބިފައިވެއެވެ. މި މީހާ ޕޮޒިޓިވްވި ނަމަވެސް ރަށު ތެރެއަށް މާބޮޑު ނުރައްކަލެއް ނެތްކަމަށް ކައުންސިލް ވިދާޅުވެއެވެ. ސަބަބަކީ މިމީހާއަކީ ގެސްޓް ހައުސްއެއްގައި ޗުއްޓީ ހޭދަކުރަމުންދިޔަ މީހަކަށް ވެފައި ކޮންޓެކްޓްވި މީހުންވެސް މަދުވުމުންކަމަށް ކައުންސިލް ބުނެއެވެ.
މަތިވެރިން މީގެ ކުރިންވެސް ކޯވިޑަށް ވަނީ ފަތުރުވެރިން ޕޮޒިޓިވް ވެފައެވެ. އަދި އެރަށޫގެ ހޯމް ކަރަންޓީގައި ތިބި ދިވެހިންތަކެއްވެސް މި އަހަރުގެ ކުރީ ކޮޅު ވަނީ ކޯވިޑަށް ޕޮޒިޓިވް ވުމުން ރަށް މޮނިޓަރިންއަށްވެސް ލާފައެވެ.
ކޮމެންޓު ފޮނުވާ