މާދަމާގެ ޚުޠުބާގައި 4 ޞަފްހާ، ވަގުތަށް ހުކުރަށް ދިއުން މުހިންމު

މާދަމާގެ ޚުޠުބާގައި 4 ޞަފްހާ، ވަގުތަށް ހުކުރަށް ދިއުން މުހިންމު

Author
މުޙައްމަދު ޝަޒައިމް
18 ފެބްރުއަރީ 2021 11:54
0

މާދަމައިން ފެށިގެން ހުރިހާ ރަށެއްގެ މިސްކިތްތަކުގައި ކިޔާ ހުކުރު ޚުތުބާ ކުރުކުރުމަށް އިސްލާމިކް މިނިސްޓްރީން ވަނީ ނިންމާފައެވެ.

މިބަދަލާއިއެކު މާދަމާގެ ހުކުރު ޚުޠުބާގައި ވެގެންދާނީ މިފަހުން ކިޔާ އެންމެ ކުުރު ޚުޠުބާ އަށެވެ. 4 ސަފްހާގެ މި ހުތުބާއާއި ގުޅިގެން ހުކުރަށް ވަގުތަށް ދިއުމަކީ މުހިންމު ކަމެކެވެ. ކުރީހުކުރު ތަކުގައި ހުތުބާ ދިގުވެ ނަމާދަށް ގެއިން ނިކުންނަށް ފަސްކުރާ އުސޫލުން މާދަމާ ލަސްކޮށް ދާން ހަދައިފިނަމަ ހުކުރު ލައްވާ ނުލުމަކީ އެކަށީގެންވާ ކަމެކެވެ.

ހުކުރު ނަމާދުގެ ހުތުބާ ކުރު ކޮށްފައިވަނީ ކޯވިޑް-19އާ ގުޅިގެން އަޅާ ފިޔަވަޅެއްގެ ގޮތުންނެވެ. އިސްލާމިކް މިނިސްޓްރީން ވިދާޅުވީ ކޯވިޑް ޖެހޭ މީހުންގެ ޢަދަދު އިތުރުވަމުން އަންނާތީ މިމަހުގެ 19ވާ ހުކުރު ދުވަހުން ފެށިގެން ރާއްޖޭގެ ހުރިހައި ރަށެއްގައި ކިޔާ ހުކުރު ޚުތުބާ ކުރިއަށްވުރެ ކުރުވާނެކަމަށެވެ. އިސްލާމިކް މިނިސްޓްރީން މީގެ ކުރިންވެސް ވަނީ ކޯވިޑް-19 ފެތުރުން ހަލުވިވުމާއެކު މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން މެދުކަނޑާލުމާއި ހުކުރު ޚުތުބާއާއި ހުކުރު ނަމާދުވެސް ކުރުކޮށްފައެވެ.

އިސްލާމިކް މިނިސްޓްރީން ވަނީ ނަމާދަށް މިސްކިތައް އަންނަ މީހުން އަމަލުކުރަން ވީ ގޮތުގެ އުޞޫލެއްވެއް އެކުލަވާލާފައެވެ. މިގޮތުން ގެއިން ވުޟޫ ކޮށްގެން މިސްކިތަށް ދިއުމާއި މުސައްލައެއް ގެންދިއުމާއި އެމީހެއްގެ މުސައްލަ މަތީގައި ނޫނީ ނަމާދު ނުކުރުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި މިސްކިތަށްދާއިރު މާސްކްއެޅުމާއި މިސްކިތަށް ވަނުމާއި ނުކުތުމުގައި ގައިދުރުކަން ބެހެއްޓުމަށް ސަމާލުކަން ދޭންވެސް ޖެހެއެވެ. މީގެ އިތުރުން މިސްކިތުގެ އެކިތަންތަނުގައި ތިބުމުގެ ބަދަލުގައި މިސްކިތަށް ވަންނަ ގޮތަށް ފުރަތަމަ ސަފުން ފެށިގެން ފުރަމުން ގެންދިއުމާއި ފުއްޕާމޭގެ ބަލި ހުންނަ މީހުންނާއި ރޯގާ ޖެހިފައިވާ މީހުންނާއި ހުން އައިސްފައިވާ މީހުންނާއި ކެއްސާ މީހުންނާއި ޢުމުރުން ދުވަސް ވެފައިވާ މީހުން މިސްކިތަށް ނުދިއުމަށް އިސްލާމިކް މިނިސްޓްރީން އިލްތިމާސްކުރައްވައެވެ.

ނަމާދު ނިމުމަށްފަހު މިސްކިތުގައި މަޑު ނުކުރުމަށާއި މިސްކިތުގައި އަދި މިސްކިތުން ބޭރުގައިވެސް އަތާ އަތް ޖޯޑުކޮށް ސަލާމް ކުރުން ފަދަ ކަންކަން ކުރުމުން ދުރުހެލިވުމާއި މިސްކިތުގައިވާ މުޞްހަފްތައް ބޭނުން ނުކުރުމަށް އިސްލާމިކް މިނިސްޓްރީން ވަނީ އިލްތިމާސް ކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ނ ނަޞޭޙަތް
ﷲއަށް ޓަކައިބުނަން.... މިޤައުމުގައި ދީނީދަރުސްތަކާއި ، ހުކުރު ޚުޠުބާ ފަދަ ދީނީނަޞޭޙަތްތައް މިޙާލަތްތަކުގައި ގިނަގިނައިން ދިނުމަކީ މިފަދަވަބާތަކާއި ، މުޞީބާތްތަކަށް ދޮރު ހުޅުވިގެނދާނެ ކަމެއްގެގުގައި ސިފަވާނެކަމަށް ޤަބޫލުކުރުމަކީ ، ހިތާމަކުރަންޖެހޭކަމެއް. އގޮތައް ނުވިސްނަވާށެވެ.