ސިފައިންގެ ބަދަހިކަމާއިއެކު ޤާނޫނީ ވެރިކަމަށް ކިޔަމަންވުމަށް އިހުސާން ގޮވާލައްވައިފި

ސިފައިންގެ ބަދަހިކަމާއިއެކު ޤާނޫނީ ވެރިކަމަށް ކިޔަމަންވުމަށް އިހުސާން ގޮވާލައްވައިފި

Author
މުޙައްމަދު ޝަޒައިމް
18 ފެބްރުއަރީ 2021 11:05
0

ރިޔާސީ ލޯންޗުކޮޅު ފިނިފެންމާގައި ހިނގާދިޔާ ހާދިސާ ތަކުރާރުވެދާނެކަމުގެ އިންޒާރު ގައުމީ ދިފާއީ ބާރުގެ މައިމަރުކަޒުގެ ތެރެއަށް ލިޔުންއަޅައި ހިންގި އަމަލާއި ގުޅިގެން އެފަދަ ކަންކަމުން ދުރުވެ ސިފައިން ޤައުމީ ޚިދުމަތުގައި ސާބިތުވެތިބުމަށް ސިފައިންގެ ޚިދުމަތުގައި ކުރިން ހުންނެވި ކެޕްޓަން ޢަލީ އިޙްސާން ގޮވާލައްވައިފިއެވެ.

ސިފައިންގެ މައި މަރުކަޒުގެ ތެރެއަށް އިންޒާރާއެކު އަޅާފައިވާ ލިޔުމުގައި ވަނީ، ޑިފެންސް މިނިސްޓަރ މާރިޔާ އަހްމަދު ދީދީއާއި، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް ސިފައިންގެ ބައެއް އޮފިސަރުންނަށް ޕްރޮމޯޝަނާއި ކާރުދީގެން މައިތިރިވާނެކަމަށް ހީނުކުރެއްވުމަށެވެ. އަދި ސިފައިންގެ ޕްރޮމޯޝަނާއި ކޯވިޑް އެލެވެންސް “ބަނޑުއަޅައިގެން”ނުތިބެވޭނެކަމަށާއި، އެލެވެންސްގެ ލާރިން އަނބިދަރިންނަށް ސްވިމިންޕޫލާއި، ބެޑްމިންޓަން ކޯޓް އެޅުމަށް ހަނދާން ނައްތާލުމަށްވެސް އެ ލިޔުމުގައިވެއެވެ.

ފިނިފެންމާ ލޯންޗު ހާދިސާ ތަކުރާރުވެދާނެކަމުގެ އިންޒާރުދީފި

މިކަމާއި ގުޅިގެން ކެޕްޓަން އިހުސާން ވިދާޅުވީ ބައިބައިވެ ޤައުމު މަސްލަހަތު ނަގާލަން ފުރުސަތު ދޭންވީ ވަގުތު ނޫންކަމަށެވެ. މިއީ ސަރުކާރާއި ރައްޔިތުންނަށް އެއްބާރުލުންދީ ކޯވިޑްގެ މި ނުރައްކާތެރި ހާލަތުން ޤައުމު އަރައިގަތުމަށް ކުރައްވާ މަސައްކަތުގައި ސިފައިންގެ ޚިދުމަތުގައި ތިއްބެވި ބޭފުޅުންގެ އިހުލާސްތެރި ހިދުމަތް ޤައުމަށް ބޭނުންވާ ވަގުތުކަމަށެވެ.

ސިފައިންގެ ސަފުތަކުގެ ބަދަހިކަން ގެއްލޭ މިފަދަ އެއްވެސް ކަމެއް ނުކޮށް ޤާނޫނީ ވެރިކަމަށް ކިޔަމަންވެ އެހީތެރިވުމުގައި ދެމި ތިބުމަށް އެންމެހައި ސިފައިންގެ އަރިހުން އެދެން. މިވަގުތަކީ ޞީއްޚީ ކުއްލި ހާލަތުން އަރައިގަތުމަށް ސަރުކާރަށް ސިފައިންގެ ބަދަހިކަމާއި އެހީތެރިކަން އެންމެ ބޭނުންވާ ވަގުތު.

– އިހުސާން ވިދާޅުވިއެވެ.

މިކަމާއި ގުޅިގެން އެމްއެންޑީއެފް އިން އެއްވެސް އެއްޗެއް އަދި ހާމަކޮށްފައެއް ނުވެއެވެ. މަޢުލޫމާތު ލިބިފައިވާގޮތުގައި ފަދަ ލިޔުންތައް ބަންޑާރަ ކޮށީގެ ތެރޭއަށްވެސް އަޅަފައިވެއެވެ. ސިފައިންގެއަށް އަޅާފައިވާއިންޒާރުގެ ލިޔުންތަކާއެކު، މިއީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލުމަށް ބައެއް ފަރާތްތަކުން އަންނަނީ ގޮވާލަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.