18 އަހަރު ނުފުރޭ ކުދިން ލައިސަންސު ނެތި ކޮށްފައިވާ ޖޫރިމަނާތައް މަޢާފް ކުރުމަކީ ހައްލެއް ނޫންކަމަށާއި، މިކަމަށް އޮތް ހައްލަކީ16 އަހަރުގައި ލައިސަންސް ދޫކުރަން ފެށުން ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
18 އަހަރު ނުފުރޭ ކުދިން ލައިސަންސު ނެތި ކޮށްފައިވާ ޖޫރިމަނާއަށް ހައްލެއް ގެނެސްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެ ދެއްކެވި ވާހަތަކާއި ގުޅިގެން ޑރ.ޝަހީމް ވިދާޅުވީ ދުނިޔޭގެ އެކި ޤައުމުތަކުގައިވެސް 16 އަހަރުވުމުން ސައިކަލު ލައިސަންސް ދޫކުރަން ފަށާކަމަށެވެ. ޤާނޫނާއި ޚިލާފަށް ލައިސަންސް ނެތި ދުއްވައިގެން ކުރާ ޖޫރިމަނާތައް މަޢާފް ކުރުމުގެ ބަދަލުގައި ޒުވާން އުމުގައި ލައިސަންސް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަކީ މިކަމަށް އޮތް އެންމެ ރަނގަޅު ހައްލު ކަމަށް ޑރ.ޝަހީމް ވިދާޅުވިއެވެ.
ލައިސަންސްއާ ގުޅޭ ޙައްލު: 18 އަހަރުގެ ބަދަލުގައި 16 އަހަރުވުމުން ސައިކަލް ލައިސަސް ލިބޭ ގޮތް ޒުވާނުންނަށް ފަހިކޮށްދިނުން. ދުނިޔޭގެ ބައެއް ޤައުމުތަކުގައި ވެސް 16 އަހަރުވުމުން ލައިސަންސް ދޫކުރޭ. ލައިސަންސް ދޫކުރުން ހުއްޓުވާފައިބާވާފަ ލައިސަންސް ނެތި ދުއްވާ ޒުވާނުން ޖޫރިމަނާކުރުމަކީ ހަމަޖެހޭ ކަމެއްނޫން. ވީމާ ލައިސަންސް ދޫކުރަން ފަށައި ( އަވަސް ޚިދުމަތުގައި) ޒުވާނުންނަށް ލައިސަންސް ދޫކުރަން ފެށުން.
– ޑރ.ޝަހީމް ވިދާޅުވިއެވެ.
އެމްޑީޕީ ރަށްވެހި ފަތިސް ކެންޕެއިންގައި ފުވަށްމުލަކު ސިޓީ އެމްޑީޕީ މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ޞާލިހު ވިދާޅުވީ މިމައްސަލައަކީ އަތޮޅު ތެރޭގައިވެސް އަދި މާލޭގައިވެސް ވަރަށް ބޮޑަށް އޮތް މައްސަލައެއް ކަމަށެވެ.
މިމައްސަލައަށް ހައްލެއް ގެނައުމަށް ވަރަށް އަވަހަށް ފިޔަވަޅު ތަކެއް އަޅުއްވާނެކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ލައިސަންސު ނެތި ސައިކަލު ދުއްވުމަކީ ކޮށްގެންވާނެ ކަމެއް ނޫންކަމަށާއި، ގަވާއިދާއި އެއްގޮތަށް ހުރިހާ ކުދިންވެސް އަދި މީހުންވެސް އުޅުމަކީ މުހިންމު ކަމެއްކަމަށެވެ. ނަމަވެސް ލައިސަންސު ނެތި ސައިކަލު ދުއްވައިގެން ކޮށްފައިވާ ލައިސަންސު ތަކާއިހެދި ޒުވާން ކުދިންނަށް ދިރިއުޅުން ނުފެށި ކައިވެނި ނުކުރެވޭ ވަރަށް މައްސަލަ ބޮޑުވުމަކީ ހައްލުކޮށްދޭންޖެހޭ ކަމެއްކަމަށެވެ.
ރާއްޖޭގެ ޤާނޫނު ބުނާގޮތުން 18 އަހަރުން ދަށުގެ ކުރިން ސައިލަކާއި، ކާރުފަދަ އުޅަދު ދުއްވުމަކީ ޤާނޫނީ ގޮތުން ކުށެކެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 18 އަހަރު ނުފުރޭ ކުދިން ސައިލަކާއި ކާރު ދުއްވުމުގެ ލައިސަންސު ނެތި ދުއްވުމުގެ ސަބަބުން ބޮޑެތި ޖޫރިމަނާތައް ވަނީ ކޮށްފައެވެ.
ކޮމެންޓު ފޮނުވާ