މަރާލާފައި އޮއްވާ ފެނުނީ ލަންކާއިން މަސްވެރިކަމަށް ނުކުތް މީހެއް: ފުލުހުން

މަރާލާފައި އޮއްވާ ފެނުނީ ލަންކާއިން މަސްވެރިކަމަށް ނުކުތް މީހެއް: ފުލުހުން

Author
މުޙައްމަދު ޝަޒައިމް
17 ފެބްރުއަރީ 2021 08:37
0

ވ.އަތޮޅު ފޮއްތެޔޮ ބޮޑުފުށީގައި މަރާލާފައި އޮއްވާ ފެނުނު މީހާ އާއި ވ.އަތޮޅު އަންބަރާ ބޭރުން އޮޔާ ދިޔަ ޑިންގީގައި އިން މީހާއަކީ ސްރީލަންކާ އިން މަސްވެރިކަމަށް ނުކުތް ބައެއް ކަމަށް ފުލުހުން ވިދާޅުވެއްޖެ އެވެ.

ފުލުހުން ވިދާޅުވީ މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، ވ.އަންބަރާ ބޭރުން ޑިންގީއެއްގައި ފެނުނު މީހާއާއި ވ.ފޮއްތެޔޮ ބޮޑުފުށިން ފެނުނު މީހާއަކީ މިދިޔަ މަހުގެ 30 ވަނަ ދުވަހު ލަންކާއިން މަސްވެރިކަމަށް ނިކުމެ އުޅެނިކޮށް ބެހިގެން ރައްޖެއާއި ހަމައަށް އައި ބައެއް ކަމަށެވެ.

މިމައްސަލާގައި އިތުރަށް ސާފުކުރަންޖެހޭ މައުލޫމާތު ކަމާއި ގުޅުންހުރި ރަސްމީ އިދާރާތައް މެދުވެރިކޮށް ހޯދަމުންދާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ވ.ފޮއްތެޔޮ ބޮޑުފުށިން މަރާލާފައި އޮތް މީހެއްގެ ހަށި ގަނޑު ފެނިފައިވާ ކަމުގެ މައުލޫމާތު އިއްޔެ 11:02 އެހާ ކަންހާއިރު ފުލުހުންނަށް ލިބިފައިވާކަމަށެވެ. ބިދޭސީއެއްކަމަށް ބެލެވޭ އެމީހާގެ ހަށި ގަނޑު ފެނިފައިވަނީ އެރަށަށް ދަނޑި ކަޑަން ގޮސް އުޅުނު ބަޔަކަށް ކަމަށް ފުލުހުން ބުނެއެވެ.

ހާލުގައި ޖެހި އޮޔާ ދިޔަ ޑިންގީއެއްގައި އިން ބިދޭސީއަކު ވ. އަންބާރާ ކައިރިން ފެނި ކޯސްޓްގާރޑްގެ ބެލުމުގެ ދަށުން އެ ޑިންގީއާއި އޭގައިހުރި މީހާ ވ.ފުލިދޫއަށް ގެންގޮސްވަނީ އެރަށު ފުލުހުންނާ ޙަވާލުކޮށްފައެވެ. އަދި އެމީހާގެ އަތުގައި ހުރި ލިޔެކިޔުންތަކަށް ބަލާއިރު އެއީ ސްރީ ލަންކާ މީހެއްކަމަށް ބެލެވޭކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ހ ހާމާނު
ސުރުޚީގަ އޮތީ މަރާލާފައޭ. އެކަމަކު މިލިއުން ކިޔާލީމަ ދޭހައެއްނުވި މަރާލާފަ ކަމެއް. މީހުންނަށް އޮޅޭގޮތަށް ސުރުޚީ ނުޖަހަބަލަ.