ފިލްމީތަރި އަލީ ޝިޔާމްގެ ތާއީދުވެސް މުއިއްޒުއަށް

ފިލްމީތަރި އަލީ ޝިޔާމްގެ ތާއީދުވެސް މުއިއްޒުއަށް

Author
މުޙައްމަދު ޝަޒައިމް
17 ފެބްރުއަރީ 2021 08:30
0

އެމްޑީޕީގެ ހަރަކާތްތަކާއި، އެމްޑީޕީގެ ސިޔާސަތުތަކަށް ވަރަށް ބޮޑަސް ތާއީދު ކުރެއްވި ކުރީގެ ފިލްމީ ތަރި އަލީ ޝިޔާމް މިފަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބުގައި މާލެ ސިޓީގެ މޭޔަރުކަމަށް ވާދަ ކުރައްވާ ކުރީގެ ހައުސިން މިނިސްޓަރު މުހައްމަދު މުއިއްޒަށް ތާއީދު ކުރަން ނިންމައިފިއެވެ.

ޑރ.މުއިއްޒުގެ ފޮޓޯއަކާއިއެކު ޝިޔާމް ކުރެއްވި ޓްވީޓުގައި ވިދާޅުވީ އޭނާގެ އެންމެވެސް މިފަހަރުގެ ކައުންސިލް އިންތިޚާބުގައި މަލެ ސިޓީގެ މޭޔަރަކަށް ވޯޓު ދޭނީ މުއިއްޒުއަށް ކަމަށެވެ.

އަޅުގަނޑުގެ އެންމެން ވޯޓު މުއިއްޒުއަށް ދޭން ނިންމައިފިން. ކީރިތި ﷲގެ ހެޔޮ ރަހުމަތް ފުޅުން. ކާމިޔާބު ދެއްވުމަށް އެދެވޭ. ހުރިހާ ކާމިޔާބެއް ދެއްވުމުގެ ބާރުވެރިފަރާތުން ވާގި އެދެން.

– އަލީ ޝިޔާމް ވިދާޅުވިއެވެ.

އަލީ ޝިޔާމްއަކީ މިވެރިކަން އައުމުގެ ކުރިންވެސް އަދި ސިޔާސީ ގޮތުން އެމްޑީޕީއަށް ވަރަށް ބޮޑަށް ތާއީދު ކުރެއްވި ބޭފުޅެކެވެ. މާލެ ސިޓީގެ މޭޔަރުކަމަށް އެމްޑީޕީން ވާދަ ކުރައްވަނީ އެޕާޓީގެ ކުރީގެ ސެކެޓްރީ ޖެނެރަލް އަނަސް އަބަދުއް ސައްތާރެވެ.

އަލީ ޝިޔާމް މުއިއްޒުއަށް ތާއީދު ކުރެއްވިއިރު، އެމްޑީޕީގެ އިސް ސަފުގައި ހަރަކާތްތެރިވި ބައެއް ބޭފުޅުންވެސް ވަނީ މުއިއްޒުއަށް މިފަހަރުގެ ކައުންސިލް އިންތިޚާބުގައި ވޯޓު ދިނުމަށް ނިންމާފައެވެ. އެގޮތުން ޝުއިބު އަލީ (ފުރަހަނި ޝުއައިބު) އާއި، ކުރީގެ އެމްޑީޕީގެ ޓިކެޓްގައި މަޖިލިސް ތަމްސީލް ކުރެއްވި ރުކުމާ އަލީވެސް ހިމެނި ވަޑައިގަންނަވައެވެ.

މުއިއްޒުއަށް ވޯޓު ދެއްވާކަން ހާމަކޮށް ޝިޔާމް ވިދާޅުވީ ވަކި ޕާޓީއަކަށް ނިސްބަތް ވިޔަސް ވޯޓްލާން ވީ އެކަށޭނަ ގާބިލް މީހާއަށް ކަމަށެވެ. އެހެން ނޫނީ އެ ކުރެވުނީ ގައުމަށް ޣައްދާރުވުން ފަދަ ކަމެއް ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.