ފިނިފެންމާ ލޯންޗު ހާދިސާ ތަކުރާރުވެދާނެކަމުގެ އިންޒާރުދީފި

ފިނިފެންމާ ލޯންޗު ހާދިސާ ތަކުރާރުވެދާނެކަމުގެ އިންޒާރުދީފި

Author
މުޙައްމަދު ޖިމީ
17 ފެބްރުއަރީ 2021 11:42
0

ރިޔާސީ ލޯންޗުކޮޅު ފިނިފެންމާގައި ހިނގާދިޔާ ހާދިސާ ތަކުރާރުވެދާނެކަމުގެ އިންޒާރު ގައުމީ ދިފާއީ ބާރަށް ބަޔަކު ދީފިއެވެ.

ސިފައިންގެ މައި މަރުކަޒުގެ ތެރެއަށް އިންޒާރާއެކު އަޅާފައިވާ ލިޔުމުގައި ވަނީ، ޑިފެންސް މިނިސްޓަރ މާރިޔާ އަހްމަދު ދީދީއާއި، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް ސިފައިންގެ ބައެއް އޮފިސަރުންނަށް ޕްރޮމޯޝަނާއި ކާރުދީގެން މައިތިރިވާނެކަމަށް ހީނުކުރެއްވުމަށެވެ. އަދި ސިފައިންގެ ޕްރޮމޯޝަނާއި ކޯވިޑް އެލެވެންސް "ބަނޑުއަޅައިގެން"ނުތިބެވޭނެކަމަށާއި، އެލެވެންސްގެ ލާރިން އަނބިދަރިންނަށް ސްވިމިންޕޫލާއި، ބެޑްމިންޓަން ކޯޓް އެޅުމަށް ހަނދާން ނައްތާލުމަށްވެސް އެ ލިޔުމުގައިވެއެވެ.

އަދި ފިނިފެންމާ ލޯންޗު ތަކުރާރުވެދާނެކަމުގެ އިންޒާރުވެސްދީފައިވެއެވެ. މިކަމާއި ގުޅިގެން އެމްއެންޑީއެފް އިން އެއްވެސް އެއްޗެއް އަދި ހާމަކޮށްފައެއް ނުވެއެވެ. މަޢުލޫމާތު ލިބިފައިވާގޮތުގައި ިފަދަ ލިޔުންތައް ބަންޑާރަ ކޮށީގެ ތެރޭއަށްވެސް އަޅަފައިވެއެވެ.

ސިފައިންގެއަށް އަޅާފައިވާއިންޒާރުގެ ލިޔުންތަކާއެކު، މިއީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލުމަށް ބައެއް ފަރާތްތަކުން އަންނަނީ ގޮވާލަމުންނެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.