ބޯހިޔާވަހިކަމުގެ މައްސަލާގައި އަސްލަމް މާދަމާ މަޖިލީހަށް ހާޒިރު ކުރަނީ

ބޯހިޔާވަހިކަމުގެ މައްސަލާގައި އަސްލަމް މާދަމާ މަޖިލީހަށް ހާޒިރު ކުރަނީ

Author
މުޙައްމަދު ޝަޒައިމް
16 ފެބްރުއަރީ 2021 11:39
0

އަތޮޅު ތެރޭގެ ބޯހިޔާވަހިކަމުގެ ވައުދު ފުއްދުމަށް ކުރައްވާ މަސައްކަތްތަކާއި ގުޅޭގޮތުން ހައުސިން މިނިސްޓަރ އަސްލަމް މާދަމާ މަޖިލީހަށް ހާޒިރު ކުރުމަށް އެޖެންޑާ ކޮށްފިއެވެ.

އަސްލަމް މާދަމާ މަޖިލީހަށް ހާޒިރު ކުރަނީ ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢަބްދުالله ކުރައްވާ ސުވާލަކަށް ޖަވާބު ދެއްވުމަށެވެ. އަސްލަމާއި ކުރެއްވުމަށް ހުށަހަޅަފައިވާ ސުވާލަކީ ސަރުކާރުގެ ބޯހިޔާ ވަހިކަމުގެ ވައުދުގެ ދަށުން ރަށްރަށުގައި ހުރި އަމިއްލަ ގޯތީގައި ހައުސިންގ ޔުނިޓް ޢިމާރާތްކުރުމަށް އެދޭ ފަރާތްތައް ދެނެގަތުމަށް 2019 ވަނަ އަހަރު ހައުސިންގ މިނިސްޓްރީގެ އެންގުމަށް ރަށު ކައުންސިލްތަކުން ހުޅުވާލި ފުރުޞަތުގައި ގިނަ ބަޔަކު އެކަމަށް އެދި ސިޓީ ހުށަހެޅި ނަމަވެސް، އެ މަސައްކަތް ގުޅޭ އިތުރު މަޢުލޫމާތެއް ރައްޔިތުންނަށް ނުލިބި ލަސްވަނީ ކީއްވެތޯ؟ އާއި އަދި ބޯހިޔާ ވަހިކަމުގެ ވައުދުގެ ދަށުން ޢިމާރާތް ނުކުރެވި ހުރި ގޯތިތަކުގައި ހައުސިންގ ޔުނިޓް އެޅުމުގެ ޢަމަލީ މަސައްކަތް ފެށޭނީ ކޮންތާރީޚަކުންތޯ؟ ޖަވާބު ހޯދުމަށެވެ.

އަސްލަމާއި ސުވާލު ކުރުމަށް ހުޅުވާލެވޭ ފުރުސަތުގައި 20 މިނިސްޓްގެ ފުރުސަތު އެހެން މެމްބަރުންނަށްވެސް ސުވާލު ކުރުމަށް ލިބޭނެއެވެ. މިއީ ބޯހިޔާވަހިކަމުގެ މައްސަލާމައި މަޖިލީހަށް އަސްލަމް ހާޒިރު ކުރާ 3 ވަނަ ފަހަރެވެ. ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް އެކަށީގެންވާ ގޮތެއްގައި ކުރިއަށް ނުދާތީ ގިނަބައެއްގެ ފާޑިކުތުންވަނީ ވަޒީރަށް އަމާޒުވެފައެވެ.

އަސްލަމަކީ ސަރުކާރުގެ މިނިސްޓަރުންގެ ތެރެއިން އެންމެ ގިނައިން މަޖިލީހަށް ހާޒިރު ކުރި ވަޒީރެވެ. މިއަދު އަސްލަމް ވަނީ މަޖިލީހުގެ ކޮމިޓީއަކަށް ހާޒިރު ކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.