18 އަހަރު ނުފުރޭ ކުދިން ލައިސަންސު ނެތި ކޮށްފައިވާ ޖޫރިމަނާއަށް ހައްލެއް ގެނެސްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
އެމްޑީޕީ ރަށްވެހި ފަތިސް ކެންޕެއިންގައި ފުވަށްމުލަކު ސިޓީ އެމްޑީޕީ މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ޞާލިހު ވިދާޅުވީ މިމައްސަލައަކީ އަތޮޅު ތެރޭގައިވެސް އަދި މާލޭގައިވެސް ވަރަށް ބޮޑަށް އޮތް މައްސަލައެއް ކަމަށެވެ.
މިމައްސަލައަށް ހައްލެއް ގެނައުމަށް ވަރަށް އަވަހަށް ފިޔަވަޅު ތަކެއް އަޅުއްވާނެކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ލައިސަންސު ނެތި ސައިކަލު ދުއްވުމަކީ ކޮށްގެންވާނެ ކަމެއް ނޫންކަމަށާއި، ގަވާއިދާއި އެއްގޮތަށް ހުރިހާ ކުދިންވެސް އަދި މީހުންވެސް އުޅުމަކީ މުހިންމު ކަމެއްކަމަށެވެ. ނަމަވެސް ލައިސަންސު ނެތި ސައިކަލު ދުއްވައިގެން ކޮށްފައިވާ ލައިސަންސު ތަކާއިހެދި ޒުވާން ކުދިންނަށް ދިރިއުޅުން ނުފެށި ކައިވެނި ނުކުރެވޭ ވަރަށް މައްސަލަ ބޮޑުވުމަކީ ހައްލުކޮށްދޭންޖެހޭ ކަމެއްކަމަށެވެ.
ފުވައްމުލަކު ސިޓީން ފާހަގަކުރި ކަންކަމާ ގުޅޭގޮތުން ރައީސް ވިދާޅުވި ބައެއް ވާހަކަތައް:
18 އަހަރު ނުވާ ކުދިން ޑްރައިވިންގ ލައިސެންސް ނެތި ޖޫރިމަނާ ކޮށްފައިވާ ޖޫރިމަނާއަށް އަވަސް ހައްލެއް ހޯދަދޭނަން.
– ސްޕޯޓްސް ކޮމްޕްލެކްސް މަސައްކަތް އޮތީ ޕްލޭން ކުރެވިފައި -ރައީސް- pic.twitter.com/XeWFyo8fjt
— ??? ?? (@Simwarr) February 16, 2021
ރާއްޖޭގެ ޤާނޫނު ބުނާގޮތުން 18 އަހަރުން ދަށުގެ ކުރިން ސައިލަކާއި، ކާރުފަދަ އުޅަދު ދުއްވުމަކީ ޤާނޫނީ ގޮތުން ކުށެކެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 18 އަހަރު ނުފުރޭ ކުދިން ސައިލަކާއި ކާރު ދުއްވުމުގެ ލައިސަންސު ނެތި ދުއްވުމުގެ ސަބަބުން ބޮޑެތި ޖޫރިމަނާތައް ވަނީ ކޮށްފައެވެ. އަދި މިކަމާއި ގުޅިގެން ބައެއް ކުދިންގެ ޒުވާން އުމުރުގައި ކައިވެނި ނުކުރެވި ދިރިއުޅުން ނުފެއްޓި ތިބިކަންވެސް ފަހަގަކޮށްލެވެއެވެ.
ކޮމެންޓު ފޮނުވާ