ވ.ފޮއްތެޔޮ ބޮޑުފުށީގައި މަރާލާފައި އޮތް މީހާއާއި ވ.އަންބާރާ ބޭރުން އޮޔާދިޔަ ޑިންގިއާ ގުޅުންހުރި މީހެއްކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުން ވިދާޅުވީ ވ.ފޮއްތެޔޮ ބޮޑުފުށީގައި މަރުވެފައި އޮތް މީހާއަކީ އެއަތޮޅު އަންބާރާ ބޭރުން އޮޔާ ދިޔަ ޑިންގިއާ ގުޅުންހުރި މީހެއްކަމަށް މިހާތަނަށް ތަޙުޤީގަށް ހޯދި މަޢުލޫމާތުން އެނގިފައިވާކަމަށެވެ. އަދި މިމައްސަލަ ފުލުހުން ދަނީ އިތުރަށް ތަޙްޤީގުކުރުމުންނެވެ.
ވ.ފޮއްތެޔޮ ބޮޑުފުށިން މަރުވެފައި އޮތް މީހެއްގެ ހަށި ގަނޑު ފެނިފައިވާ ކަމުގެ މައުލޫމާތު މިއަދު 11:02 އެހާ ކަންހާއިރު ފުލުހުންނަށް ލިބިފައިވާކަމަށެވެ. ބިދޭސީއެއްކަމަށް ބެލެވޭ އެމީހާގެ ހަށި ގަނޑު ފެނިފައިވަނީ އެރަށަށް ދަނޑި ކަޑަން ގޮސް އުޅުނު ބަޔަކަށް ކަމަށް ފުލުހުން ބުނެއެވެ. މިމީހާގެ ހަށިގަނޑު މާލެ ގެނައުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.
ހާލުގައި ޖެހި އޮޔާ ދިޔަ ޑިންގީއެއްގައި އިން ބިދޭސީއަކު ވ. އަންބާރާ ކައިރިން ފެނި ކޯސްޓްގާރޑްގެ ބެލުމުގެ ދަށުން އެ ޑިންގީއާއި އޭގައިހުރި މީހާ ވ.ފުލިދޫއަށް ގެންގޮސްވަނީ އެރަށު ފުލުހުންނާ ޙަވާލުކޮށްފައެވެ. އަދި އެމީހާގެ އަތުގައި ހުރި ލިޔެކިޔުންތަކަށް ބަލާއިރު އެއީ ސްރީ ލަންކާ މީހެއްކަމަށް ބެލެވޭކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވެއެވެ.
ކޮމެންޓު ފޮނުވާ