އައްޑޫގައި އިޢުލާންކޮށްފައިވާ ކާފިއު އިތުރު ހަފްތާއަަކަށް ދަމަހައްޓައިފި

އައްޑޫގައި އިޢުލާންކޮށްފައިވާ ކާފިއު އިތުރު ހަފްތާއަަކަށް ދަމަހައްޓައިފި

Author
މުޙައްމަދު ޖިމީ
16 ފެބްރުއަރީ 2021 08:57
0

ކޯވިޑް-19ގެ ކޮމިއުނިޓީ ސްޕްރެޑެއް ފެނުމާއި ގުޅިގެން އައްޑޫސިޓީގައި އިޢުލާންކޮށްފައިވާ ކާފިއުގެ ފިޔަވަޅުތައް އިތުރު ހަފްތާއަކަށް ދަމަހައްޓާއިފިއެވެ. އައްޑޫގައި ކޯވިޑާއި ގުޅިގެން ފިޔަވަޅުތައް ވަރުގަދަކޮށްފައިވަނީ މިމަހުގެ 9 ވަނަ ދުވަހުއެވެ.

އައްޑޫގައި އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި:

1. ޕާޓީތަކާއި، ޙަފްލާތަކާއި، ރަސްމިއްޔާތުތައް ބޭއްވުން ހުއްޓައިލުން.

2. ރޭގަނޑު 00:8 އިން ފެށިގެން ފަތިހު 00:4 އަށް، އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން މަނާކުރުން.

3. އައްޑޫ ސިޓީގެ އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުން ހުއްޓައިލުމާއި، އެއް ގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުން ހުއްޓައިލުން. މީގެ ތެރޭގައި ޒަރޫރީ ބޭނުންތަކާއި ޞިއްޙީ ފަރުވާ ހޯދުމަށް ދާ ދިޔުމެއް ނުހިމެނެއެވެ.

4. އެއްފަހަރާ 3 މީހުންނަށްވުރެ ގިނަމީހުން މަގުމައްޗާއި އާންމު ތަންތާގައި އެއްވެ އުޅުން ހުއްޓައިލުން.

5. ސެލޫންތަކާއި، ޖިމްތާކާއި، ބޯކޮށާ ތަންތަން ބަންދުކުރުން.

6. ހުރިހާ ކުޅިވަރު ހަ ރަކާތްތަކާއި، ކަސްރަތުގެ ހަރަކާތްތައް ހިންގުން ހުއްޓައިލުން.

7. ޕަބްލިކް ޓްރާންސްޕޯޓުގެ ޚިދުމަތް ދޭ ފަރާތްތަކުންނާއި ޓެކްސީގެ ޚިދުމަތް ދޭ ފަރާތްތަކުން، ހެލްތް ޕްރޮޓެކްޝަން އެޖެންސީން އާންމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ޓެކްސީގެ ޚިދުމަތް ދިނުން.

8. ފިރާތަ ކާއި ބޭންކުތައް ފަދަ އާންމު ޚިދުމަތް ދޭ ތަންތަނުގައި ޚިދުމަތް ދޭއިރު ހެލްތު ޕްރޮޓެކްޝަން އެޖެންސީން އާންމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ގައިދުރުމިން ބެހެއްޓުމާއި، ތަނަށް ވަދެވޭ އަދަދު ކަނޑައެޅުމާއި، ރައްކައުތެރި ކަމުގެ އެހެނިހެން ފިޔަވަޅުތައް އަޅައިގެން ޚިދުމަތް ދިނުން.

9. ޔުނިވަރސިޓީތަކާއި، ކޮލެޖްތަ ކާއި، ސްކޫލުތަކަށް ދަރިވަރުން ހާޒިރުވެގެން ކް ލާސްތައް ކުރިޔަށް ގެންދިޔުން ހުއްޓައިލުން.

10 .ހޮޓާތަކާއި، ކެފޭތަކާއި، ރެސްޓޯރަންޓް ތަކުން ދެމުންގެންދާ ޚިދުމަތްތައް ހުއްޓައިލުން. މީގެ ތެރޭގައި ޑެލިވަރީގެ ޚިދުމަތް ދިނުމެއް ނުހިމެނެއެވެ.

އައްޑޫގ ސިޓިން ވަނީ ކޯވިޑްގެ ދެ ކްލަސްޓައެއް މިހާތަނަށް ދެނެގަނެވިފައެވެ. އޭގެތެރޭގައި ހިމެނެނީ އައްޑޫ ހުޅުމީދޫ އެމްޓީސީސީގެ ވޯކްސައީތްގެ ކްލަސްޓާއާއި، އައްޑޫ ގުޅިފައިވާ ރަށްތަކުގެ އޭވިއޭޝަން ކްލަސްޓާއެވެ. މިހާތަނަށް އައްޑޫއިން ވަނީ 55 ވުރެ ގިނަ މީހުން ޕޮޒިޓިވްވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.