މިހަފްތާއިން ފެށިގެން ހުކުރު ހުތުބާ ކުރުވާނެ

މިހަފްތާއިން ފެށިގެން ހުކުރު ހުތުބާ ކުރުވާނެ

Author
މުޙައްމަދު ޝަޒައިމް
16 ފެބްރުއަރީ 2021 05:05
0

މިމަހުގެ 19ވަނަ ދުވަހުން ފެށިގެން ހުރިހާ ރަށެއްގެ މިސްކިތްތަކުގައި ކިޔާ ހުކުރު ޚުތުބާ ކުރުކުރުމަށް އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ.

އެ މިނިސްޓްރީން މިގޮތަށް ނިންމާފައިވަނީ ކޯވިޑް-19އާ ގުޅިގެން އަޅާ ފިޔަވަޅެއްގެ ގޮތުންނެވެ. އިސްލާމިކް މިނިސްޓްރީން ވިދާޅުވީ ކޯވިޑް ޖެހޭ މީހުންގެ ޢަދަދު އިތުރުވަމުން އަންނާނީ މިމަހުގެ 19ވާ ހުކުރު ދުވަހުން ފެށިގެން ރާއްޖޭގެ ހުރިހައި ރަށެއްގައި ކިޔާ ހުކުރު ޚުތުބާ ކުރިއަށްވުރެ ކުރުވާނެކަމަށެވެ.

އިސްލާމިކް މިނިސްޓްރީން މީގެ ކުރިންވެސް ވަނީ ކޯވިޑް-19 ފެތުރުން ހަލުވިވުމާއެކު މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން މެދުކަނޑާލުމާއި ހުކުރު ޚުތުބާއާއި ހުކުރު ނަމާދުވެސް ކުރުކޮށްފައެވެ.

އިސްލާމިކް މިނިސްޓްރީން ވަނީ ނަމާދަށް މިސްކިތައް އަންނަ މީހުން އަމަލުކުރަން ވީ ގޮތުގެ އުޞޫލެއްވެއް އެކުލަވާލާފައެވެ. މިގޮތުން ގެއިން ވުޟޫ ކޮށްގެން މިސްކިތަށް ދިއުމާއި މުސައްލައެއް ގެންދިއުމާއި އެމީހެއްގެ މުސައްލަ މަތީގައި ނޫނީ ނަމާދު ނުކުރުން ވަނީ އިލްތިމާސްކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.