ހިންމަފުށީ ބަނދަރުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެ

ހިންމަފުށީ ބަނދަރުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެ

Author
މުޙައްމަދު ޝަޒައިމް
16 ފެބްރުއަރީ 2021 12:12
0

ކ. ހިންމަފުށީ ބަނދަރު ހެދުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ފެށުމަށް އެމްޓީސީސީން ތައްޔާރު ވެއްޖެއެވެ.

އެމްޓީސީސީން ބުނެފައިވަނީ މަސައްކަތް ފެށުމަށް ބޭނުންވާ ސާމާނު ހިންމަފުށްޓަށް މިހާރު ގެންގޮސްފައިވާކަމަށެވެ.

ކ. ހިންމަފުށީ ބަނދަރު ތަރައްޤީ ކުރުމުގެ ދެވަނަ ފިޔަވަހީގެ ޢަމަލީ މަސައްކަތް ފެށުމަށްޓަކައި 15 ފެބްރުއަރީ 2021 ވަނަ ދުވަހު ޕްރޮޖެކްޓް ސައިޓް މޮބިލައިޒްކޮށްފި.

– އެމްޓީސީސީން ބުނެފައިވެއެވެ.

ޑިޒައިން އެންޑް ބިލްޑް އުޞޫލުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ހިންމަފުށީ ބަނދަރު ހެދުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތައް ފެށުމަށްޓަކާ 5.2 މިލިއަން ރުފިޔާ މިއަހަރުގެ ބަޖެޓުގައި ހިމަނާފައިވެއެވެ.

ރާއްޖޭގެ ރަށްތަކަށް ދިމާވެފައިވާ ލަފާފުރުމުގެ ދަތިކަން ހައްލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން، އެކި ރަށްރަށުގައި އަލަށް ފަށާ ބަނދަރު ހެދުމުގެ މަޝްރޫޢުތަކަށް ޖުމްލަ 322.8 މިލިއަން ރުފިޔާ އަދި ބޭރުގެ ލޯނުން އަލަށް ފަށާ ބަނދަރު ހެދުމުގެ މަޝްރޫޢުތަކަށް 100.4 މިލިއަން ރުފިޔާ ޚަރަދުކުރުމަށް މި އަހަރުގެ ބަޖެޓުގައި ވަނީ ކަނޑައަޅާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.