އިކްރާމްގެ ޖިންސީ ފުރައްސާރަ މައްސަލަ ބެލުން މޯލްޑިވް ގޭސްގެ ކޮމިޓީއަށް!

އިކްރާމްގެ ޖިންސީ ފުރައްސާރަ މައްސަލަ ބެލުން މޯލްޑިވް ގޭސްގެ ކޮމިޓީއަށް!

Author
މުޙައްމަދު ޖިމީ
16 ފެބްރުއަރީ 2021 09:41
0

މޯލްޑިވް ގޭސްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓާރ އަދި މިވަގުތު ކުންފުނި ހިންގުމާއި ހަވާލުވެހުންނެވި އެކްޓިން މެނޭޖިން ޑިރެކްޓަރ އަލީ އިކުރާމްގެ ޖިންސީ ފުރައްސާރައިގެ މައްސަލ ބެލުމަށް އެކުންފީގެ ކޮމިޓީގެއާއި ހަވާލުކޮށްފިއެވެ. އިކްރާމްގެ މައްސަލަ ކުރިން ބަލުމުން އައީ އެސްޓީއޯގެ ބޯޑު މެންބަރުން ހިމެނޭ ކޮމިޓީއަކުންނެވެ. މޯލްޑިވް ގޭސް އަކީ އެސްޓީއޯގެ ސަބްސޑަރީ ކުންފުންޏެކެވެ.

އެ ކޮމިޓީން ވަނީ އިކްރާމް ދެ ހަފްތާއަށް ސަސްޕެންޑްކޮށްފައެވެ. ނަމަވެސް އެ މުއްދަތު ހަމަވިއިރުވެސް އެކަމުގައި އިތުރު ނިންމުމެއް ނިންމާފައެއް ނުވެއެވެ.

ނަމަވެސް އެ މައްސަލަ މިހާރު މޯލްޑިވް ގޭސްގެ ޖިންސީ ފުރައްސާރައިގެ މައްސަލަތައް ބަލާ ކޮމިޓީން ބެލުމަށް މިހާރު ހަވާލުކޮށްފައިވާއިރު، މޯލްޑިވްސް ގޭސްގެ ކޮމިޓީން އެ މައްސަލަ އިންސާފުކޮށް ނުބެލޭނެކަމަށް ޖިންސީ ފުރައްސާރައާއި ކުރިމަތިވި ވިކްޓިމްއާއި އެ އޮފީހުގެ ބައެއް މުވައްޒަފުންވެސް ޤަބޫލު ނުކުރާކަމަށް މަޢޫލޫމާތު ލިބެއެވެ.

އިކްރާމް ސަސްޕެންޑް ކޮށްފައި ހުންނަ މުއްދަތު ހަމަވިއިރުވެސް އެ މައްސަލާގައި އެއްވެސް ފިޔަވަޅެއް އެޅީފައި ނުވާތީ އެކުންފުނީގެ މުވައްޒަފުން އަންނަނީ ކަންބޮޑޫވުން ފާޅުކުރަމުންނެވެ. އިކްރާމްގެ ޖިންސީ ފުރައްސާރައިގެ މައްސަލައެއް ބަލަމުން އަންނައިރު، އޭނާގެ ޖިންސީ ފުރައްސާރައިގެ ޗެޓް ލޮގްތަކެއްވެސް ވަނީ ޢާންމުވެފައެވެ.

މޯލްޑިވް ގޭސްގެ އެކްޓިން މެނޭޖިންގ ޑިރެކްޓަރަކަށް ޢަލީ އިކްރާމް އައްޔަންކޮށްފައިވަނީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރަކަށް ހުންނެވި ޝަޒައިލް ޝިޔާމް ސަސްޕެންޑްކޮށްފައިވާތީއެވެ. އޭނާ އަދިވެސް ހުންނެވީ ސަސްޕެނޝަންގައެވެ. އެނާ ސަސްޕެންޑްކޮށްފައިވަނީ މޯލްޑިވް ގޭސްއާއި ގުޅޭ ކޮރަޕްޝަންގެ މައްސަލަތަކެއް ކަމާ ގުޅުންހުރި އިދާރާތަކުން ބަލަމުން އަންނާތީއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.