ޖުމްހޫރީ ޕާޓިގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް މިދޔަ އަހަރުން ފެށިގެން އަދިވެސް ހުންނެވީ ސަލާމުގައިކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާ ފަށްޓަވާ މަޖިލީހުގެ ޙާޒިރީ ވިދާޅުވަމުން މަޖިލީހުގެ ރައީސް ވިދާޅުވީ، ކޮމަންޑޫ ދާއިރާގެ މެންބަރު ޙުސައިން ވަޙީދު ސަލާމުގައި ހުންނަވަނީ އާލާސްކަންފުޅުގެ ސަބަބުންކަމަށާއި، ޑޮކްޓަރުންވެސް ލަފާ ދެއްވަނީ ފަރުވާ ހޯއްދެވުމަށްކަމަށެވެ.
ދ.މީދޫ ދާއިރާގެ މެންބަރު އަދި އެމްޑީއޭގެ ލީޑަރު އަޙްމަދު ސިޔާމް މުޙައްމަދުވެސް ހުންނަވަނީ ސަލާމުގައިކަމަށާއި، ސިޔަމަކީވެސް މަޖިލީހަށް ގިނައި ސަލާޟް ވިދާޅުވާ މެންބަރެއްކަމަށެވެ. އަދި މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް މިދިޔަ އަހަރު އެއެއްކޮށް ހުރީ ސަލާމުގައިކަމަށާއި، މިހާރުވެސް ޤާސިމް ހުންނެވީ ސަލާމުގައިކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.
މަޖިލީހުގެ ރައީސް މިހެން ވިދާޅުވެފައިވާއރު، މަޖިލީހުގެ ޙާޒިރީގައި އަބަދުވެސް އެންމެ މަދުން ޖަލްސާތަކަށް ވަޑައިގަންނަވާ މެންބަރުންގެ ތެރޭގައި ސިޔާމްއާއި ޤާސިމް އިބްރާހީމް ހިމެނިވަޑައިގަންނަވައެވެ.
ކޮމެންޓު ފޮނުވާ