ތިިން ރަށެއްގެ ބަނދަރު އަޕްޑޭޓް: މަސައްކަތް ބާރަށް ކުރިއަށް

ތިިން ރަށެއްގެ ބަނދަރު އަޕްޑޭޓް: މަސައްކަތް ބާރަށް ކުރިއަށް

Author
މުޙައްމަދު ޝަޒައިމް
15 ފެބްރުއަރީ 2021 02:04
0

އެމްޓީސީސީން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބަނދަރު ތަރައްޤީ ކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ތިން ރަށެއްގެ ބަނދަރުގެ އަޕްޑޭޓް ދީފިއެވެ.

ބަނދަރު އަޕްޑޭޓް ދީފައިވާ ރަށްތަކުގެ ތެރެއިން ބ. ފެހެންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 75 ޕަސެންޓް ނިމިފައިވާކަމަށް އެމްޓީސީސީން ބުނެއެވެ. މި މަޝްރޫޢުގެ ދަށުން، އެއްގަމުތޮށި ލުމުގެ މަސައްކަތް ވަނީ ނިމިފައެވެ.

ފެހެންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން ބަނދަރު ފުންކުރުމާއި، 130 މީޓަރުގެ ބޭރު ތޮށްޓެއްލުމާއި 282 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި 214 މީޓަރުގެ ސަރަހައްދެއްގައި ކީވޯލްހެދުން ހިމެނެއެވެ. މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީ އާ މި މަސައްކަތް ހަވާލުކޮށްފައިވަނީ، 649.6 މިލިއަން ރުފިޔާއަށެވެ. ފެހެންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތް އެކުންފުނިން ފަށާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރުމަހުގެ 10 ވަނަ ދުވަހުއެވެ.

އެމްޓީސީސިން ވަނީ ހަނިމާދޫ ބަނދަރުގެ އަޕްޑޭޓްވެސް ދީފައެވެ. ހދ. ހަނިމާދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 30 ޕަސެންޓް ނިމިފައިވާއިރު، މި މަޝްރޫޢުގެ ދަށުން، ބަނދަރަށް އަލަށް އިތުރުކުރެވޭ ސަރަޙައްދު ފުންކުރުމުގެ މަސައްކަތުގެ %68 އާއި ކުރިން ފުންކޮށްފައިވާ ބަނދަރު އަލުން ފުންކުރުމުގެ މަސައްކަތުގެ %90 ވަނީ ނިމިފިވާކަމަށް އެމްޓީސީސީން ބުނެއެވެ.

ހދ.ހަނިމާދޫގެ މަގު ހެދުމުގެ މަސައްކަތް ފުރަތަމަ ފެށީ މީގެ 7 އަހަރުކުރިންް 2013 ވަނަ އަހަރުގައެވެ. ނަމަވެސް މަސައްކަތް ނުނިމި ދިގުލައިގެން ގޮސް މިހާތަނަށްވެސް ތާރު މަގުގައި ދުއްވާލުމުގެ އުފާ އެރަށު ރައްޔިތުންނަށް ލިބިފައެއް ނުވެއެވެ. ދިގުމުއްދަތަކަށް މަސައްކަތް ހުއްޓިފައި އޮތުމަށް ފަހު އަލުން އެމްޓީސީއާއި މަޝްރޫއު ހަވާލު ކުރި ފަހު އެމަސައްކަތް ބާރު ދުވެލީގައި ކުރިޔަށް ގެންގޮސްފައިވެއެވެ.

މިއަދު އަޕްޑޭޓް ދީފައިވާ ބަނދަރު ތަކުގެ ތެރެއިން ށ. ޅައިމަގު ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ހަލުވިމިނެއްގައި ކުރިއަށް އެބަދާކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ. މި މަޝްރޫޢުގެ ދަށުން، ބަނދަރަށް އަލަށް އިތުރުކުރެވޭ ސަރަޙައްދު ފުންކުރުމުގެ މަސައްކަތުގެ %50 ވަނީ ނިމިފައިވާކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.

މި މަޝްރޫޢުއަކީ ޅައިމަގު ބަނދަރަށް ޖާގަ އިތުރުކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުއެކެވެ. އެމްޓީސީއިން ވިދާޅުވީ މި މަސައްކަތުގެ ދަށުން އެރަށު ބަނދަރަށް 276 މީޓަރުގެ ސަރަޙައްދެއް އިތުރުކުރުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި 350 މީޓަރުގެ ބޮޑުހިލައިގެ ބޭރު ތޮއްޓެއް ލުމާއި، 500 މީޓަރުގެ ސަރަޙައްދުގައި ރިވެޓްމަންޓްޖެހުމާއި، އެއް ތިރީސް ހާސް ކިއުބިކް މީޓަރުގެ ސަރަޙައްދު ފުންކުރުމަށް ވަނީ ހަމަޖެހިފައެވެ.

ޅައިމަގު ބަނދަރު ބޮޑުކުރުމުގެ މަސައްކަތަކީ ސަރުކާރުން 56.3 މިލިއަން ރުފިޔާ ޚަރަދުޮށްގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މަޝްރުޢެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.