އައްޑޫ ސިޓީ، މީދޫ ބަނދަރު ހެދުމުގެ މަސައްކަތުގެ ބޮޑުބައިނިިފައ ވާކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ.
އެމްޓީސީސީން ބުނެފައިވަނީ ސ. މީދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ %90 މިހާރު ނިމިފައިވާކަމަށެވެ. މި މަޝްރޫޢުގެ ދަށުން، އެއްގަމުތޮށި ލުމުގެ މަސައްކަތް ނިމިފައިވާއިރު، ބަނދަރަށް އަލަށް އިތުރުކުރެވޭ ސަރަޙައްދުގެ ޕޭވްމަންޓް މަސައްކަތްތަކުގެ %96 ވެސް މިހާރު ނިމިފައި ވާކަމަށެވެ.
މިމަޝްރޫއުގެ ދަށުން، 61،396 ކިއުބިކް މީޓަރަށް ބަނދަރު ފުން ކޮށްފައިވެއެވެ. މީގެ އިތުރުން 115 މީޓަރުގެ ސަރައްހައްދެއްގައި ބޮޑުގަލުން ބޭރުތޮށްޓެއް ލުމާއިއެކު 621 މީޓަރުގެ އެއްގަމު ތޮށްޓެއް ވަނީ ލާފައެވެ. އަދި މިމަޝްރޫޢު ތެރޭގައި 3،150 އަކަމީޓަރުގެ ސަރަހައްދެއްގައި، ޕޭވްމެންޓު ހަދައި، މަގުބައްތި ޖަހައި ރޭމްޕް އެޅުމުގެ މަސައްކަތް ނިންމުމުގެ މަސައްކަތް އެމްޓީސީސީން ދަނީ ކުރަމުންނެވެ.
މީދޫ ބަނދަރުހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލު ކުރީ މިދިޔަ އަހަރު ޖޫން މަހުގެ ތެރޭގައެވެ. މިމަޝްރޫއަށް 33.4 މިލިއަން ރުފިޔާ ޚަރަދު ވާނެ ކަމަށް އެކުންފުނިން ލަފާކުރެއެވެ.
ކޮމެންޓު ފޮނުވާ