މާލެއިން އަތުލައިގަތް 72 ކިލޯގެ މަސްތުވާތަކެއްޗާއި ގުޅުންހުރި 10 މީހުންގެ މައްޗަށް ދައުވާ ކޮށްފިއެވެ.
ޕީޖީ އޮފީހުން ވިދާޅުވީ 8 ޑިސެންބަރު 2020 ދުވަހު، ސ. ހުޅުދޫ، ދޭލިޔާގެ، އިރުފާން ތަޤިއްޔުއާއި، ރ. އިންގުރައިދޫ، އެލެސްކާ، މުޙައްމަދު ވިސާމް އިސްވެހުރެ، "މަސްޖަރީ 2″ ނަމަކަށްކިޔާ ދޯންޏެއްގައި، ބަރުދަނުގައި 72 ކިލޯ ހުންނަވަރުގެ މަސްތުވާތަކެތި ދިވެހިރާއްޖެއަށް އެތެރެކޮށް އެތަކެތި ޓްރެފިކްކުރިކަމަށް ތުހުމަތުކުރެވުނު މައްސަލާގައި 10 މީހެއްގެ މައްޗަށް ދައުވާ ކޮށްދިނުމަށް ކްރިމިނަލް ކޯޓަށް ހުށަހަޅައިފައިވާކަމަށެވެ.
މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 105 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެ މާއްދާގެ (ނ) ގެ ދަށުން ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދަޢުވާ އުފުލާފައިވާ މީހުން:
1. ސ. ހުޅުދޫ، ދޭލިޔާގެ، ޢިރުފާން ތަޤިއްޔު
2. ރ. އިނގުރައިދޫ، އެލެސްކާ، މުޙައްމަދު ވިސާމް
3. ރ. އިނގުރައިދޫ، އެލެސްކާ، ޢަބްދުﷲ ވިސާމް
4. ދ. މާއެނބޫދޫ، އަނބުގޮސްދޮށުގެ، އަޙްމަދު ނަޞީރު
5. ކ. މާލެ، ހ. ގާރޑްންބިޔުޓީ، މުޙައްމަދު އަކްރަމް
6. ހދ. ނޮޅިވަރަންފަރު، ނޫރީއާގެ، މުޙައްމަދު ޝަރީފް
7. ލ. ގަން-ތުނޑި، ޕެރިސްހޮލިޑޭ، މުޙައްމަދު ފުރުޤާން
8. ރ. ރަސްގެތީމު، ފީރޯޒްގެ، އަޙްމަދު ޝިނާން
9. ތ. ތިމަރަފުށި، ތަނޑިރަތްމާގެ، މުޙައްމަދު ވަޖީޙު
10. ކ މާލެ، މއ. ކަނޑޫގެ، ޢަލީ އަޙުމަދު
މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 115 ވަނަ މާއްދާގެ (ހ) އާއި، 148 ވަނަ މާއްދާއާ ޙަވާލާދީ، އެ ޤާނޫނުގެ 115 ވަނަ މާއްދާގެ (ށ) ގެ ދަށުން ކެނެބިސް ބޭނުންކުރުމުގެ ކުށުގެ ދަޢުވާ:
1. ދ. މާއެނބޫދޫ، އަނބުގޮސްދޮށުގެ، އަޙްމަދު ނަޞީރު
2. ކ. މާލެ، ހ. ގާރޑްންބިޔުޓީ، މުޙައްމަދު އަކްރަމް
3. ހދ. ނޮޅިވަރަންފަރު، ނޫރީއާގެ، މުޙައްމަދު ޝަރީފް
މިމައްސަލާގައި ފުލުހުން ވިދާޅުވެފައިވަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށް ހިންގި މި އޮޕަރޭޝަނަކީ ފުލުހުންނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ފެށި އޮޕަރޭޝަނެއް ކަމަށެވެ. މި އޮޕަރޭޝަނުގައި ރާއްޖޭގެ ކަނޑުގެ އެކި ސަރަޙައްދުތަކުގައި ފުލުހުން ހަރަކާތްތެރިވެފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ. އެގޮތުން މި އޮޕަރޭޝަން ކުރިއަށްގެންދިޔައިރު، "މަސްޖަރީ" ނަމަކަށްކިޔާ ކަންނެލި ދޯންޏެއްގައި ރާއްޖެއިން ބޭރުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް، ލޯންޗެއްގައި ގޮސް ދޯނިން މަސްތުވާތަކެތި ނަގައިގެން 2020 ވަނަ އަހަރުގެ ޑިސެމްބަރު 8 ވަނަ ދުވަހުގެ މާލެއަށް އެތެރެކޮށްފައިވާކަމުގެ މައުލޫމާތު ލިބުނު ކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި މާލެއަށް އެތެރެކުރި 72 ކިލޯގެ މަސްތުވާތަކެތި ކާރެއްގެ ޑިކީއަށް އަރުވާފައިވަނިކޮށް ފުލުހުން ހޯދާފައިވަނީ މި މަޢުލޫމާތާއި ގުޅިގެން ފުލުހުން މާލޭގައި ހިންގި އޮޕަރޭޝަނުގައިކަމަށް ފުލުހުން ވިދާޅުވެއެވެ.
ކޮމެންޓު ފޮނުވާ