މާލެ ސަރަހައްދުގައި މާދަމައިން ފެށިގެން އެއްވެ އުޅެވޭނީ 10 މީހުންނަށް

މާލެ ސަރަހައްދުގައި މާދަމައިން ފެށިގެން އެއްވެ އުޅެވޭނީ 10 މީހުންނަށް

Author
މުޙައްމަދު ޝަޒައިމް
12 ފެބްރުއަރީ 2021 10:43
0

މާލެ ސަރަޙައްދުގައި ވަކި އަދަދަކަށްވުރެ ގިނައިން މީހުން އެއްވެ އުޅުން މަނާކޮށްފިއެވެ.

ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތުން ނެރުއްވާފައިވާ އެންގުމުގައިވަނީ މާލޭ ސަރަޙައްދުގައި މަގުމައްޗާއި އާއްމު ތަންތަނަށް މިޙާލަތުގައި 10 މީހުންނަށްވުރެ އިތުރަށް އެއްވެވޭނީ ޚާއްސަ ޙާލަތްތަކުގައި އެޗްޕީއޭއިން އަންގާ ގޮތެއްގެ މަތިންކަމަށެވެ. އަދި ފިޔަވަޅު ތަންފީޒުކުރުމުގައި ވަގުތާއި ޙާލަތަށް ބަލައި އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް މޯލްޑިވްސް ޕޮލިސް ސަރވިސްއާ ކަމާބެހޭ އެހެނިހެން މުޢައްސަސާތަކުން އަޅަމުންދާނެކަމަށެވެ. މާލެއާ ހުޅުމާލެ ވިލިމާލެ ގުޅީފަޅު ތިލަފުށި އަދި ހުޅުލޭގައިވެސް ޢަމަލުކުރަމުންދާނީ މި އުސޫލުގެ މަތިންނެވެ.

މާލޭ ސަރަޙައްދުގައި އެންމެ ގިނައިން އެއްވެ އުޅެވޭނެ މީހުންގެ އަދަދު ކަނޑައަޅާފައިވަނީ، ކޯވިޑް-19އަކީ ފަސޭހައިން ފެތުރޭ ބައްޔަކަށްވާތީ މީހުން ދިމާވާ މިންވަރު ވީހާވެސް ކުޑަކުރުމަށެވެ. ކޯވިޑް-19އާ ގުޅިގެން މީގެކުރިންވެސް މިފަދަ ފިޔަވަޅުތައްވަނީ އަޅާފައެވެ. އެގޮތުން 5 މީހުންނަށްވުރެ ގިނައިން އެއްވެ އުޅުން އޭރު މަނާކުރިއެވެ.

ކޯވިޑް-19އަށް އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަރުކަށިކޮށްފައިވަނީ މިދިޔަ މަހުގެ ތެރޭގައެވެ. އެގޮތުން މާލެ ސަރަޙައްދުގައި ޕާޓީތަކާ ޖަލްސާއާއި ޙަފްލާތަކާއި އެއްވުންތައް ބޭއްވުންވަނީ މަނާކޮށްފައެވެ. އަދި އެއްވެގެން ކުޅޭ ކުޅިވަރުތައް ކުރިއަށްގެންދިއުންވެސްވަނީ މަނާކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.